ހުޅަނގު މޫސުމުގެ ވިއްސާރައިގައި މާލޭގައި ފެންބޮޑުވުމުގެ މައްސަލަ ހައްލުކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން އަންނަނީ ވެސްޓް ޕާކް ސަރަހައްދަށް ހާއްސަ ސަމާލުކަމެއް ދެމުންނެވެ.

އާރްޑީސީން ރޭ ވަނީ ހަވީރީ ހިނގުމާއި ކަނބާ އައިސަރަނި ހިނގުން ހިނގުން ގުޅޭ ސަރަހައްދާއި ވެސްޓް ޕާކް ސަރަހައްދުތައް ބަންދުކޮށް، ފެންބޮޑުވުމުގެ މައްސަލައަށް ވަގުތީ ހައްލެއް ހޯދައިދިނުމުގެ މަގްސަދުގައި އާ ކަލްވާޓް ލައިނަކާއި މަގުތަކުގެ ކަނެކްޝަންތައް ގުޅާލުމަށް މަަސައްކަތް ކުރަމުންނެވެ.

މިއީ ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ލިބޭ ގެއްލުންކުޑަކުރުމަށާއި، ފެން ބޮޑުވާ ސަރަޙައްދުތަކުގެ ޓްރެފިކް ފްލޯ ހަރުދަނާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.