ބާބަޑޯސްއަށް ކުރެއްވި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއަށް ބާބަޑޯސްގެ ބޮޑުވަޒީރު މިއާ އަމޯރް މޮޓްލީ ދެއްވި ހޫނު މެހެމާންދާރީއަށް ރައީސް ޝުކުރު އަދާކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ ބާބަޑޯސްއަށް ކުރައްވާ މި ދަތުރުފުޅަކީ އެންޓިގުއާ އެންޑް ބާބުޑާގައި ބޭއްވި ހަތަރުވަނަ އިންޓަނޭޝަނަލް ކޮންފަރެންސް އޮފް ޑިވެލޮޕިންގ ސްމޯލް އައިލެންޑް ކަންޓްރީޒް (ސިޑްސް4) ގައި ބައިވެރިވެވަޑައިގަތުމަށްފަހު އެނބުރި ރާއްޖެ ވަޑައިގަތުމުގެ މަގުމަތީގައެވެ.

ރައީސުލްޖުމްހޫރިއްޔާ ގްރާންޓްލީ އެޑަމްސް އިންޓަރނޭޝަނަލް އެއަރޕޯޓަށް ވަޑައިގަތުމުން އެމަނިކުފާނަށް ވަރަށް އިޚްލާޞްތެރިކަމާއެކު މަރުޙަބާ ދެންނެވީ އެކްޓިންގ މިނިސްޓަރ އޮފް ފޮރިން އެފެއާޒް އެންޑް ފޮރިން ޓްރޭޑް އޮނަރަބަލް ސީ. ސެންޑްރާ ވީ. ހަސްބެންޑްސް އާއި ޗީފް އޮފް ޕްރޮޓޮކޯލް އަލްފާޟިލާ ރީސާ ލޭނޭއެވެ.

ރައީސް މުއިއްޒުގެ މި ދަތުރުފުޅުގައި، އެއާޕޯޓް ކައިރީގައި ހުރި ހިތްގައިމު އަދި ތާރީހީ ތަންތަން ބަލާލުމަށް ރައީސް މުއިއްޒާއި އެމަނިކުފާނުގެ ވަފުދު ވަނީ ޒިޔާރަތް ކުރައްވައިފައެވެ.

ރައީސުލްޖުމްހޫރިއްޔާ ބާބަޑޯސްގެ ބޮޑުވަޒީރު މިއާ އަމޯރް މޮޓްލީ އަށް މި ހޫނު މެހަމާންދާރީއަށް ޝުކުރުއަދާކުރަމުން ފޮނުވި މެސެޖުގައި، ބާބަޑޯސްގެ ގުދުރަތީ ރީތިކަމަށް ތަޢުރީފު ކުރައްވައި، އެމަނިކުފާނުގެ ވަފުދުގެ ބޭފުޅުންނަށް ވަރަށް ރަނގަޅަށް އިންތިޒާމުކުރެއްވިކަން ފާހަގަކުރައްވައި، އެކަމަށް ޝުކުރު އަދާކުރެއްވިއެވެ.

ރައީސް މުއިއްޒު ބޮޑުވަޒީރު މޮޓްލީއަށް ފޮނުއްވި މެސެޖުގައި ވިދާޅުވެފައިވަނީ މިއަދު ބާބަޑޯސްއަށް ކުރެއްވި ކުރު ޓްރާންސިޓްގައި ބާބަޑޯސްގެ ރީތިކަން އެންމެ ފުރަތަމަ ފެނުމުން ވަރަށް އުފާވި ކަމަށެވެ.

"އަޅުގަނޑު ފުރާވަޑަގަނަވާނީ ބާބަޑޯސްގެ ދީލަތި މެހެމާންދާރީގެ އުފާވެރި ހަނދާންތަކާއެކު. އަޅުގަނޑު އުންމީދު ކުރަން، ވަރަށް އަވަހަށް އަޅުގަނޑުމެން ބައްދަލުކޮށް، އަޅުގަނޑުމެންގެ ޙިއްޞާގައި އިސްކަންދޭ ކަންތައްތަކާ ބެހޭގޮތުން، ޚާއްޞަކޮށް، ބައިނަލްއަޤްވާމީ ފައިނޭންޝަލް އާރކިޓެކްޗަރ އިޞްލާޙުކުރުމާ ބެހޭގޮތުން މަޝަވަރާކުރުން، އެއީ ސިޑްސްއަށް ވަރަށް މުހިންމު ކަމެއް." ރައީސް ވިދާޅުވިއެވެ.

"އެންމެ ހިތާމައަކީ، އަޅުގަނޑުމެންގެ ބިޒީ ޝެޑިއުލްތަކުގެ ސަބަބުން، ހަތަރުވަނަ އިންޓަރނޭޝަނަލް ކޮންފަރެންސް އޮން ސްމޯލް އައިލެންޑް ޑިވެލޮޕިންގ ސްޓޭޓްސް (ސިޑްސް4)ގެ ހަވާސާގައި، އިއްޔެ ބޭއްވުމަށް ހަމަޖެހިފައިވާ ބައްދަލުވުން ނުބޭއްވުނިތީ" ބާބަޑޯސްގެ ބޮޑުވަޒީރާ ބައްދަލުކުރެއްވުމުގެ ފުރުސަތު ނުލިބުމުން ރައިސް ވިދާޅިއެވެ.

މި ބައްދަލުކުރެއްވުމުގައި، ދިވެހިރާއްޖެއާއި ބާބަޑޯސްއާ ދެޤައުމުގެ ދެމެދުގައި އޮތް އިޙްތިރާމާއި، އެއްބާރުލުން ދިނުމުގެ ރޫޙު، ޚާއްޞަކޮށް، ދުނިޔޭގެ މައިދާނުގައި ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ މަސްލަހަތަށް ވަކާލާތުކުރުމުގައި ދެޤައުމުގެ ދެމެދުގައި އޮތް އިޙްތިރާމްގެ މައްޗަށް އަލިއަޅުއްވާލައްވާފައިވެއެވެ.

ރައީސް މުއިއްޒު ވިދާޅުވީ ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (ސިޑްސް) އަކީ ބޮޑުވަޒީރު މޮޓްލީގެ ލީޑާޝިޕާއި ވަކާލާތު، ހާއްސަކޮށް ބައިނަލްއަގްވާމީ ފައިނޭންޝަލް އާކިޓެކްޗާ އިސްލާހު ކުރުމާ ގުޅޭ ގޮތުން ހިތްވަރު ލިބިފައިވާ ގައުމުތަކެއް ކަމަށެވެ. އަދި މިމައްސަލައަކީ އެމަނިކުފާނުގެ ސަރުކާރުންވެސް ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމެއްކަމަށާއި، ސިޑްސްގެ އެންޓިގުއާ އެންޑް ބާބުޑާ އެޖެންޑާ ތަންފީޒުކުރުމަށް މަސައްކަތް ކުރާއިރު، މިކަމުގައި އެއްބާރުލުން ދެވޭނެ ކަމަށް އުއްމީދުކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.