މި އަހަރުގެ ޖޫން މަހު ފަށާ ޔޫރޯއާ ދިމާކޮށް ކޮކާކޯލާއިން ކުރިއަށްގެންދާ ޕްރޮމޯގެ ފުރަތަމަ ލަކީ ޑްރޯގެ ނަތީޖާ އިއުލާނުކޮށްފިއެވެ.

އައިސް ޓީވީ އިން ލައިވްކޮށް ކުރިއަށްގެންދިޔަ މި ލަކީ ޑްރޯއިން މޮޅުވި ދެ ފަރާތަކަށް ވަނީ ޖަރުމަނުގައި އޮންނަ ޔޫރޯގެ ފައިނަލު ބަލާލަން ދިއުމުގެ ފުރުސަތު ލިބިފައެވެ.

ކޮކާކޯލާ ޔޫރޯ 2024 ޕްރޮމޯގެ ތެރެއިން މުބާރާތުގެ ފައިނަލް ބަލާލުމުގެ ފުރުސަތު ލިބިގެންދިޔަ ދެ ފަރާތަކީ އާމިނަތު ޝަހީމާ އަދި އަހްމަދް ނަސީމެވެ. ކޮކާކޯލާގެ ފަރާތުން މި ދެ ބޭފުޅުންނަށް ވެސް ވަނީ އިތުރު މީހަކާއެކީ ޖަރުމަނުގެ ބާލިންގައި އޮންނަ ފައިނަލް މެޗު ބަލާލަން ދިއުމުގެ ފުރުސަރު ފަހި ކޮށްދީފައެވެ.

މެއި މަހުގެ އެއްވަނަ ދުވަހު ކޮކާކޯލާ, ޔޫރޯ 2024 ގެ އޮފިޝަލް ޕާޓްނަރަކަށް ވުމުގެ މުނާސަބަތުގައި އަންނަނީ އެކިއެކި ޕްރޮމޯތައް ކުރިއަށް ގެންދަމުންނެވެ. ކޮކާކޯލާގެ ޕްރޮމޯގެ ތެރެއިން ހަ ފަރާތަކަށް ފައިނަލް ބަލާލަން ދިއުމުގެ ފުރުސަތު ލިބުމުގެ އިތުރުން ސްމާޓްފޯނު ފަދަ އަގު ބޮޑެތި ތަކެތި ލިބުމުގެ ފުރުސަތު އެބައޮތެވެ.

ކޮކާކޯލާގެ ޔޫރޯ 2024 ޕްރޮމޯގައި ބައިވެރިވުމަށް ޓަކައި ޖެހޭނީ ކޮކާކޯލާ ފުޅިއެއްގެ މަތީގެ އަޑީގައި ލިޔެފަ އިންނަ ނަންބަރު 2626 އަކަށް އެސްއެމްއެސް ކޮށްލާށެވެ. މި ޕްރޮމޯގައި ބައިވެރިވުމުގެ ސުންގަޑިއަކީ ޖޫން މަހުގެ 15 ވަނަ ދުވަހެވެ.