އދ. ދަނގެތި ކައިރީގައި ފާނަ ބާނަން އުޅުނު މީހެއް ގައިގައި ލޯންޗަކުން ޖެހި ނިޔާވެއްޖެއެވެ.

މި ހާދިސާގައި ނިޔާވެފައިވަނީ ބިދޭސީ ފިރިހެނެކެވެ.

ފުލުހުން ބުނީ ފާނަ މަސްވެރިކަމަށް ފައިބައި އުޅުނު މީހެއްގެ ގައިގައި ލޯންޗަކުން ޖެހިފައިވާކަމުގެ މައުލޫމާތު މިއަދު ހެނދުނު 7:55 އެހާކަށްހާއިރު ރިޕޯޓްކޮށްފައިވާ ކަމަށެވެ. އަދި ދަނގެތި ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް އެމީހާ މަރުވެފައިވާ ކަމަށް ސިއްހީ މަރުކަޒުން މައުލޫމާތު ދީފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.

މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ.

ލޯންޗު ދުއްވަން އިން ދިވެއްސެއް މިހާރު ޙައްޔަރުކޮށްފައިވާކަމަށްވެސް ފުލުހުން މައުލޫމާތުދެއެވެ.