އިންޑިޔާގެ އުއްތަރު ޕްރަދޭޝްގެ ލަކްނޫގެ މަލިހާބާދަށް އުފަން ހާޖީ ކަލިމުالله ޚާން އޭނާގެ 3.2 ހެކްޓަރުގެ ދަނޑުގައި 1،600 އަށް ވުރެ ގިނަ ވައްތަރުގެ އަނބު ހެއްދުމުގެ އާދަޔާ ހިލާފު ކާމިޔާބީއީން "މަންގޯ މޭން އޮފް އިންޑިއާ" ގެ ލަގަބު އޭނާ ވަނީ ހޯދައިފައެވެ.

ހާޖީ ކަލިމުالله މަޝްހޫރުވެފައި ވަނީ ފާހަގަކޮށްލެވޭ މީހުންނަށް އަގު ވަޒަންކުރުމުގެ ގޮތުން، އެމީހުންގެ ނަމުން އޭނާ ހައްދާ ތަފާތު އަނބުގެ ބާވަތްތަކަށް ނަން ދިނުމުންނެވެ.

އޭނާގެ ޝަރަފުވެރިންގެ ލިސްޓުގައި ކްރިކެޓް ލެޖެންޑް ސަޗިން ޓެންޑޫލްކަރާއި ބޮލީވުޑްގެ ބަތަލާ އައިޝްވާރިޔާ ރާއީ ގެ އިތުރުން ބޮލީވުޑްގެ މަޝްހޫރު އައިކަން މަދޫބާލާ ހިމެނެއެވެ.

މީގެ އިތުރުން، ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި ކަލިމުﷲ ވަނީ ކުރީސަފުގައި މަސައްކަތްކުރާ ފަރާތްތަކުގެ ހިތްވަރާއި ގުރުބާނީގެ އަގު ވަޒަންކުރުމުގެ ގޮތުން "ޕޮލިސް އާމް" އާއި "ޑޮކްޓަރު އާމް" ގެ ނަމުގައި އާ ދެ ބާވަތެއް ތައާރަފުކުރައްވާފައެވެ.

ހާޖީ ކަލިމުالله ގެ އެންމެ ހިތްގައިމު އެއް ކާމިޔާބީއަކީ ގްރާފްޓިން ނަމަކަށް ކިޔާ ޓެކްނިކަކުން ހޯދާފައިވާ ތަފާތު 300 ވައްތަރުގެ އަނބު އަޅާ އަނބު ގަހެކެވެ. މި މަރުހަލާގައި ދެ ގަހުގެ ޓިޝޫ އެއްކޮށް އެއް ޓިޝޫއެއްގެ ގޮތުގައި ހެއްދުން ހިމެނެއެވެ. "ސިއޯން ނުވަތަ ބާވަތް 1 ގެ މަތީ ބައި، ސްޓޮކާ ނުވަތަ ބާވަތް 2 ގެ ތިރީ ބައިއާ ގުޅުވާ، ދެ ބައިވަތުގެ ސިފަތަކަށް ހުންނަ ހައިބްރިޑެއް އުފައްދަނީ،" ހާޖީ ކަލިމުالله މަރުހަލާ ކިޔައިދިނެވެ.

އޭނާގެ ކުޑައިރުގެ ދިރިއުޅުމާ އާއިލީ ލެގަސީއިން ހިތްވަރު ލިބި، ހާޖީ ކަލިމުالله ވަނީ ތައުލީމީ ގޮތުން ކުރިމަތިވި ގޮންޖެހުންތަކާ އެކުވެސް އަނބު ދަނޑުވެރިކަން ކުރުމުގެ ޝައުގުވެރިކަން ކުރިއަށް ގެންގޮސްފައެވެ. ގްރޭޑް 7 ގެ އިމްތިހާނުން ފެއިލްވުމަށްފަހު ދަނޑުވެރިކަމުގެ މަސައްކަތް ކުރުމަށް އަމިއްލަ ނަފްސަށް ހާއްސަކުރި އިރު، އެކަން އޭނާއަށް މާ ފުރިހަމަކަމަށް ފެނުނެވެ.

"ބަގީޗާތަކާ ދަނޑުތަކުގައި މަސައްކަތްކޮށްގެން، ވަރަށް ގިނަ ކަންކަން ދަސްވަމުން އަންނަކަން އެނގުން. އެހެންވީމާ، އިމްތިޙާނުން ފެއިލްވުމަށްފަހު، އަޅުގަނޑު ގެ ޙަޤީޤީ ގޮވުން – މޭވާ، ޚާއްޞަކޮށް އަނބު ހައްދަން އަޅުގަނޑު ނިންމީ" ހާޖީ ކަލިމުالله ބުންޏެވެ.

ހާޖީ ކަލިމުالله ފާހަގަކޮށްލެވޭ މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުން 2008 ވަނަ އަހަރު ވަނީ އިންޑިއާގެ އެންމެ މަތީ އެއް މަދަނީ ޝަރަފު ކަމަށްވާ ޕަދްމާ ޝްރީ އެވޯޑް ވެސް އިންޑިޔާ ސަރުކާރުން އޭނާއަށް އަރުވާފައެވެ.