"މަރާލާފައިވާ މީހުންނާއި ގެއްލުވައިލާފައިވާ މީހުންގެ މައްސަލަތައް ތަހުޤީގު ކުރާ ކޮމިޝަން" ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު މިއަދު ނެރުއްވި ގަރާރަކުން (ގަރާރު ނަންބަރު: 2024/16) އުވައިލައްވައިފިއެވެ.

"މަރާލާފައިވާ މީހުންނާއި ގެއްލުވައިލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރާ ކޮމިޝަން" އުފައްދަވާފައި ވަނީ 2018 ނޮވެންބަރު 17ގައެވެ.

އެ ކޮމިޝަން އުވައިލެއްވީ އެކޮމިޝަނާ މަތިކޮށްފައިވާ މަސައްކަތްތައް އެކޮމިޝަނުން ނިންމަވާފައިވާތީ ކަމުގައި ރައީސް މިއަދު ނެރުއްވި ގަރާރުގައި ބަޔާންކުރައްވާފައި ވެއެވެ.