މިއަދާ ހަމައަށް އެއްވެސް ގައުމަކުން ޓެސްޓްގެ މަރުހަލާގައި އުޅޭ ވެކްސިނެއް މިހާ ފުޅާދާއިރާއެއްގައި ބޭނުމެއް ނުކުރެއެވެ. ދުނިޔެ އޮތީ މިކަމާ މެދު ހައިރާން ކަމެއްގައެވެ.

ޓެސްޓިންގ ގެ މަރުހަލާގައި އުޅޭ ތިން ވެކްސީނެއް ޗައިނާއިން ވަނީ ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނާއި ސަރުކާރު މަސްއޫލު ވެރިންނާއި ޓީޗަރުންނާއި ސުޕަރުމާރުކޭޓުގެ މުވައްޒަފުންނާއި ނުރައްކަލަށް ހުށަހެޅިދާނެފަދަ ތަންތަނަށް ދަތުރުކުރާ މީހުންނަށް ދީފައެވެ.

އަދަދު އެތައް ލައްކައަށް އަރާނެކަމަށް ބެލެވޭއިރު ޗައިނާއިން ބޭރުގައި ތިންވަނަ މަރުހަލާގައި ޓެސްޓް ކުރާ ވެކްސިންތައްވެސް ދެވޭ މީހުންގެ ރެކޯޑް ބަލަހައްޓައި އެމީހުން މޮނީޓަރ ކުރެވެއެވެ.

ޗައިނާއިން މިކަން ކުރާކަމަށް އަންގާފައެއް ނުވެއެވެ.

ފަރުވާއެއްކަމަށް ސާބިތު ނުވާ ވެކްސިން ޖެހުމުން ސައިޑް އެފެކްޓެއް އައުމަކީ ދުރުގައި އޮތް ކަމެއް ނޫނެވެ. އަދި މިއިން ފަރުވާއެއް ލިބުނީ ކަމަށ ބަލައިގެން ތިއްބައި އިތުރު ބަޔަކަށް ބަލި ޖެހި އަނެއްކާވެސް ފުޅާކޮށް ފެތުރުމުގެ ބިރުވެސް އެބަ އޮތެވެ.