މާލެއިން ފުރައިގެން ށ. އަތޮޅަށް ދަތުރުކުރަމުންދިޔަ "އުޅިއަށި" ބޯޓު ގިނަ އަދަދެއްގެ މުދަލާއެކު އަޑިއަށް ހިނގައްޖެއެވެ.

މާލެއިން ށ. އަތޮޅަށް ދަތުރުކުރުމަށްފަހު އެ ބޯޓު ދިޔައީ ބޯޓުގައި ހުރި މުދާ ރަށްރަށަށް ބޭލުވުމަށް ދަތުރުކުރަމުންނެވެ. އުޅިއަށި ބޯޓް އަޑިޔަށް ދިޔައީ ށ. ބިލެއްފަހި ނެރުން ވަންނަން އުޅުމުގެ ތެރޭގައި އޮއިވަރެއްގައި ޖެހި ނެރުގެ ހުޅަނގު ފަރާތު ހިލަތަކުގައި ޖެހި ބޯޓު ފަޅައިގެން ގޮސްގެން ކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.

ބޯޓު އަޑިއަށް ދިޔައިރު އޭގައި ގިނަ އަދަދެއްގެ މުދާ ބޯޓުގައި ހުއްޓެވެ. އޭގެ ތެރޭގައި ގޭހާއި، ފިހާރަތަކަށް ބޭނުންވާ މުދާ ހިމެނެއެވެ.

މި ހާދިސާއާގުޅިގެން ކުޅުދުއްފުށި ސިޓީގައި ތިބޭ ސިފައިން އެސަރަހައްދަށް ދަތުރުކުރަން ފަށާފައިވާ ކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވެއެވެ.