މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ އާއި އެމްޓީސީސީ ޓީމުގެ އިސް ބޭފުޅުން ތ. އަތޮޅު ދާއިރާތައް ތަމްސީލް ކުރައްވާ އިއްޒަތްތެރި ހަތަރު މެމްބަރުންނާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުވުމުގައި އެ ސަރަހައްދުގެ އާންމު ދަތުރުފަތުރުގެ ހިދުމަތް ތައް ހަރުދަނާކޮށް، ފުޅާކުރުމާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާފަވާ ކަމަށް އެމްޓީސީސީއިން ބުނެއެވެ.

މި ބައްދަލުވުމަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދަތުރުފަތުރުގެ އިންފްރާސްޓްރަކްޗަރ އާއި ކަނެކްޓިވިޓީ އިތުރުކުރުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކާ ގުޅިފައިވާ ބައްދަލުވުމެކެވެ.

މިދިޔަ މަހު ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން އާރްޓީއެލްގެ ހިދުމަތް ފުޅަކުރުމުގެ ގޮތުން ޖޫން މަހު ނޫނު އަތޮޅާއި އޮގަސްޓް މަހު ރ އަތޮޅާއި ސެޕްޓެމްބަރު މަހު ބ އަތޮޅަށް ތައާރަފުކުރާނެކަމަށް ވިދާޅުވެފައިވެއެވެ.