ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ މާފުށީ ބްރާންޗުގެ ހިދުމަތް ތައް ފުޅާކޮށް، ޑޮލަރު އޭޓީއެމްއެއް ތައާރަފުކޮއްފިއެވެ.

އެ ބްރާންޗުން މިހާރު ޑޮލަރު ޑިޕޮސިޓް ކުރުމާއި ފައިސާ ނެގުމާއި ލޯނާއި ފައިނޭންސިން އެޕްލިކޭޝަންތަކާއި ޗެކް ޑިޕޮސިޓްގެ ހިދުމަތާއި ސްޓޭޓްމެންޓް ދޫކުރުމާއި ކަރަންސީ އެކްސްޗޭންޖްގެ ހިދުމަތްތަށް ލިބޭނެއެވެ.

މީގެ އިތުރުން، އެ ބްރާންޗުގައި ފައިސާ ނެގުމާއި ޑިޕޮސިޓް ކުރުމާއި ޓްރާންސްފާ ކުރުމަށް 24 ގަޑިއިރު އޭޓީއެމްގެ ހިދުމަތް ލިބޭނެކަމަށް ބީއެމްއެލްއިން ބުނެއެވެ.

މާފުއްޓަށް ޑޮލަރުގެ އޭޓީއެމްއެއް ތައާރަފް ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒުގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ ވައުދެކެވެ.