މާލޭގައި ހުންނަ އިސްލާމީ މަރުކަޒުގައި ކޮވިޑް-19 ވެކްސިން ދޭން ފަށައިފިއެވެ.

އެޗްޕީއޭއިން ބުނީ މިއަދުން ފެށިގެން ކޯވިޑް-19 ވެކްސިން އިސްލާމީ މަރުކަޒުގައި ދެމުން ދާނެކަމަށެވެ.

މިތަނުން ކޮވިޑް ވެކްސިން ދެމުންދާނީ ވެކްސިން އުމުރުން 55 އަހަރުގެ މަތީގެ އެންމެނަށާއި 45 އާއި 55 އަހަރާ ދެމެދު އުމުރުފުރައިގެ މީހުންގެ ތެރެއިން ދިގު މުއްދަތަށް ބޭސް ބޭނުންކުރާ މީހުންނަށެވެ.

ކޮންމެ ދުވަހެއްގެ ހަވީރު 5:00 ޖަހަންދެން ‏މިސެންޓަރުން ވެކްސިން ލިބޭނެކަމަށް އެޗްޕީއޭއިން މައުލޫމާތުދެއެވެ.

ދިވެހިރާއްޖޭގައި މިހާތަނަށް 20،000އަށްވުރެ ގިނަ މީހުން ވަނީ ކޮވިޑް ވެކްސިން ޖަހާފައެވެ.

ދިވެހިރާއްޖޭގައި ފެށި ވެކްސިންދިނުމުގެ ކެމްޕެއިންގައި ޖަހަމުންދަނީ އިންޑިއާއިން ހަދިޔާކޮށްފައިވާ، އެގައުމުގެ ސީރަމް އިންސްޓިޓިއުޓްގައި އުފައްދާފައިވާ ކޮވިޝީލްޑް ވެކްސިނެވެ.