އިސްރާއީލުން ދިން ބޮމުގެ ހަމަލާތަކުގައި އަލިފާން ރޯވުމުގެ ސަބަބުން ލުބްނާނުގެ ދެކުނުގެ ސަރަހައްދުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ލުބުނާނުގެ ނޭޝަނަލް ނިއުސް އެޖެންސީ (އެންއެންއޭ) އިން ބުނެފިއެވެ.

ލުބުނާނުގައި ހަރަކާތްތެރިވާ ހިޒްބުالله ޖަމައަތާއި އިސްރާއީލާ ދެމެދު ހިނގި ހަމަނުޖެހުންތަކުގެ ސަބަބުން މީހުން ދިރިއުޅޭ ސަރަހައްދުތަކަށާއި ޒައިތޫނި ދަނޑުތަކާއި، ވިޔަފާރީގެ ގޮތުން ގެންގުޅޭ ކުޅަނދުރުހަތާތައް ވަނީ ހަލާކުވެފައެވެ.

ބޯޑަރު ހުރަސްކޮށް، އިސްރާއީލުގެ އުތުރުގައި އަލިފާން ނިއްވާ ފަރާތްތަކުން ވެސް ދަނީ ބޮޑެތި އަލިފާނުގެ ހާދިސާތަކާ ކުރިމަތިލަމުންނެވެ. ލުބްނާނުގެ އިތުރުން އިޒްރޭލުގެ ބައެއް ސަރަހައްދުތަކަށްވެސް ވަނީ އަލިފާންގަނޑު ފެތުރިފައެވެ. އިސްރާއީލުގެ އުތުރުގެ ގަލީލީ ސަރަހައްދުގައި އޮންނަ ޓައިބީރިއާސް ބައެއް ސަރަހައްދުތައްވެސް ދަނީ ރޯވެ އަދަމުންނެވެ.

ހެޒްބުالله އާއި އިސްރާއީލާއިން ހަމަލާތަކަށް ހުއްޓުމެއްނެތި ކުރަމުންދާއިރު، އަލިފާން ގަނޑު ކޮންޓްރޯލްކުރުމަށާއި ގެއްލުން ލިބުނު މުޖުތަމައުތައް ރައްކާތެރި ކުރުމަށް ކުރަމުންދާ މަސައްކަތްތައް އިތުރަށް ގޯސްވަމުންދާތީ ހާލަތު އަދިވެސް އޮތީ ނުތަނަވަސްކަން މަތީގައެވެ.