ނަމީރާ މިސްކިތުގެ ވަށައިގެންވާ ހިސާބުގެ ފިނިހޫނުމިން ދަށްކޮށް، ހައްޖުގެ މަތިވެރި އަޅުކަން އަދާކުރާ ދުވަސްވަރު ހައްޖުވެރިންނަށް ލުޔެއް ހޯދައިދިނުމުގެ މަގްސަދުގައި ސައުދީގެ ރޯޑްސް ޖެނެރަލް އޮތޯރިޓީ (އާރްޖީއޭ) އިން ކުރިއަށް ގެންދިޔަ ޕްރޮޖެކްޓް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން އާރްޖީއޭ އިން ވަނީ މާހައުލު ވަރަށް ބޮޑަށް ފިނިކުރުމަށް ފަރުމާކޮށްފައިވާ ހުދު ރިފްލެކްޓިވް މެޓީރިއަލްއަކުން މިސްކިތް ވަށައިގެންވާ މަގުތަކުގެ އެސްފަލްޓް ސާފޭސްތައް ކޯޓްކޮށްފައެވެ.
ޙައްޖުގެ އެންމެ މުހިންމު ދުވަސް ކަމުގައިވާ ޢަރަފާތު ދުވަހު ކުރިމަތިވާ ހޫނުގަދަކަމުގެ ސަބަބުން، ލޯކަލް އުފެއްދުންތައް ބޭނުންކޮށްގެން ފަރުމާކޮށްފައިވާ މި ޓެކްނޮލޮޖީ އިރުގެ އަލިމަޑުކޮށް، ހިފަހައްޓައިދޭން މި އިނޮވޭޓިވް އިނީޝިއޭޓިވް އަމާޒުކުރެއެވެ. މި އާ ކޯޓިންގެ ސަބަބުން ސަރފޭސް ޓެމްޕަރޭޗަރ ގާތްގަނޑަކަށް 20 ޑިގްރީ ސެލްސިއަސް ދަށްކޮށްދެއެވެ.
ސައުދީ ޕްރެސް އެޖެންސީއަށް ދެއްވި ބަޔާނެއްގައި އާރްޖީއޭގެ ތަރުޖަމާނު އަބްދުލްއަޒީޒް އަލް އޮޓައިބީ ވަނީ ހައްޖުވެރިންގެ ތަދުރިބާ ފަސޭހަ ކުރުމަށް ގިނަ ފަރާތްތަކެއް ބައިވެރިކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއުގެ ފަހަތުގައި ގުޅިގެން ކުރާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.
ފިނިހޫނުމިން 12 ޑިގްރީ އާއި 15 ޑިގްރީ ސެލްސިއަސްއާ ދެމެދުގެ މިންވަރަކަށް ދަށްވެފައިވާ ޖަމްރަތު ސަރަހައްދަށް ހިނގާ ބިނގާވެ އުޅޭ މަގުތަކުގައި މިދިޔަ އަހަރު ކުރި ކާމިޔާބު ޓްރަޔަލްއަށް ފަހު، ފިނިކުރުމުގެ މަސައްކަތް މިހާރު ވަނީ ނަމީރާ މިސްކިތުގެ ވަށައިގެން 25،000 އަކަ މީޓަރަށް ވުރެ ފުޅާކޮށްފައެވެ.
މި މަސައްކަތުގެ ސަބަބުން ދުވާލުވަގުތު މަގުތަކުން ހޫނުކަން ހިފަހައްޓައި، ރޭގަނޑު އެހޫނުކަން ބޭރުވެ، ރޭގަނޑުގެ ފިނިހޫނުމިން އިތުރުވެ، ހަކަތަ ބޭނުންކުރާ މިންވަރު އިތުރުވާން މަގުފަހިވާން ދިމާވާ "އާބަން ހީޓް އައިލެންޑް އިފެކްޓަށް" ހައްލެއް ލިބިގެންދެއެވ. އިރުގެ އަލިކަން ރިފްލެކްކޮށްދޭ އާ ކޯޓިންގެ ސަބަބުން އާރްޖީއޭ އިން އިނޮވޭޝަނަށް ދޭ ވައުދާ އެއްގޮތަށް، ހިނގާ މީހުންނަށް ހިތްފަސޭހަ މާހައުލެއް ހަދައިދީ، ސައުދީގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށްދެއެވެ.
އާރްޖީއޭއިން ދަނީ އެ ޖަމިއްޔާގެ ސްޓްރެޓެޖިކް ވިސްނުމަށް އެއްބާރުލުން ދިނުމުގެ ގޮތުން ދިރާސާތަކާއި އަމަލީ ތަހުލީލުތައް ކޮށް، މަގުމަތީގެ ދާއިރާއިން ކުރިއެރުންތައް ހޯދާ، ރަށްވެހިންނާއި ޒިޔާރަތްކުރާ މީހުންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅު ކުރަމުންނެވެ.