ފުލުހުންގެ ސްޓްރެޓަޖިކް ޕްލޭން ތަންފީޒުވުމާ އެކު، މަސްތުވާތަކެއްޗާއި ގޭންގު ވައިލެންސާ ދެކޮޅަށް މަސައްކަތްކުރުމުގެ ގައުމީ ސްޓްރެޓެޖީއަކާއެކު ޑްރަގް އަދި ވައިލެންޓް ކްރައިމްއާ ދެކޮޅަށް މަސައްކަތްކުރާނެ ބަހާއެއް އަދި އިތުރު އެކި ޑިޕާޓުމަންޓަތަށް ކުރިއަށް އޮތް ފަސް އަހަރު ގާއިމްކުރަން ނިންމއިފިއެވެ.

އިސްކަންދަރު ބިލްޑިންގގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި، ސްޓްރެޓެޖިކް ޕްލޭން އިފްތިތާހުކޮށްދެއްވީ ދާޚިލީ ސަލާމަތާއި ފަންނިންޔަތާ ބެހޭ ވަޒީރު އަލީ އިޙްސާންއެވެ. މި ރަސްމިއްޔާތުގައި، ކޮމިޝނަރ އޮފް ޕޮލިސް ޢަލީ ޝުޖާއު، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއީލް ނަވީން، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ އަދި ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި ކޮމިޝަންޑު އޮފިސަރުންގެ އިތުރުން އެހެނިހެން ފުލުހުން ބައިވެރިވެލެއްވިއެވެ.

ޑްރަގް އަދި ވައިލެންޓް ކްރައިމްއާ ދެކޮޅަށް މަސައްކަތްކުރާނެ ބަހާއެއްގެ އިތުރުން ސްކޭމްގެ ޝިކާރައަކަށްވުން މަދުކުރުމަށްޓަކައި އެންޓި ސްކޭމް ސެންޓަރެއް ގާއިމުކުރުމާއި މުސްތަގުބަލަށް ފޯކަސްކުރާ އަދި ޑޭޓާ ޑްރައިވަން ޕޮލިސިންގ ތަންފީޒުކުރުމަށް މަގުފަހިކުރުމަށްޓަކައި ޑިޖިޓަލް ޑޭޓާ އެންޑް ޓެކްނޮލޮޖީ ކޮމާންޑެއް ގާއިމުކުރެވިގެންދާނެކަމަށް ފުލުން ބުނެއެވެ.

މީގެ އިތުރުން، ނެއިބަރހުޑް ޕޮލިސިންގ އިތުރަށް ތަރައްގީކުރުމަށްޓަކައި ލޯކަލް ޕޮލިސިންގ ސްޓްރެޓެޖީއެއް އެކުލަވާލައި ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި ތަންފީޒުކުރުމުގެ މަސައްކަތްކޮށް، އަރބަން ސެންޓަރުތަކުގައި ފުލުހުންގެ ޚިދުމަތް ފޯރުކޮށްދިނުން އިތުރަށް ހަރުދަނާކުރުމުގެ މަސައްކަތާއި ޕޮލިސް ބޭސިކް ސްކިލްސް ތަރައްގީކުރުމާއި ލީޑަރޝިޕްގެ ހުރިހާ ލެވެލްއަކަށް ބޭނުންވާ މިޑްކެރިއަރ ތަމްރީނު ޕްރޮގްރާމްތައް ފެށުމުގެ މަސައްކަތުގެ އިތުރުން ޕޮލިސިންގ ޕްރޮފެޝަނަލް ފްރޭމްވޯކް ތަންފީޒުކޮށް، މުޅި އޯގަނައިޒޭޝަންގެ ގަވަރނަންސް އަދި ޑިސިޝަން މޭކިންގ ނިޒާމުގައި މި ފްރޭމްވޯކް ބޭނުންކުރުމުގެ މަސައްކަތްފެށިގެންދާނެ ކަމަށްވެސް ފުލުހުން ބުނެއެވެ.

މި ރަސްމިއްޔާތުގައި ފުލުހުންގެ ސްޓްރެޓަޖިކް ޕްލޭން އިފްތިތާހުކޮށްދެއްވީ ހޯމް މިނިސްޓަރު އަލީ އިހުސާނެވެ. މި ރަސްމިއްޔާތުގައި މިނިސްޓަރާއި ސީޕީގެ އިތުރުން، ފުލުހުންގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގަތެވެ.