ރޯޑު ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އާރުޑީސީ)ގެ ބިނާވެހި ޕްރޮގްރާމުގެ ފުރަތަމަ ބުރު މިއަދު ނިންމާލައިފިއެވެ.

އާރުޑީސީން ބުނީ ކޯއޮޕަރޭޓިވް އެޑިއުކޭޝަން ބިނާވެހި މި ޕްރޮގްރާމަކީ ސާނަވީ އިމްތިހާނަށްފަހު މަތީ ސާވަނީ ތައުލީމު ފެށުމާއި ދޭތެރޭ ނުވަތަ މަތީ ސާނަވީ އިމްތިހާނަށްފަހު ކޮލެޖްތަކުގައި ކިޔަވަމުންދާ ދަރިވަރިވަރުންނަށް ނުވަތަ ތައުލީމު ދޭ މަރުކަޒުތަކަށް ހާޒިރުނުވާ ފަރާތްތަކަށް އެކި ދާއިރާތަކުން މަސައްކަތުގެ ހުނަރާއި ތަމްރީނު އަދި ތަޖުރިބާ ހުރި ފަރާތްތަކާއެކު މަސައްކަތް ކުރުމުގެ ފުރުސަތު ހޯދައިދިނުމުގެ ގޮތުން އެކުންފުނިން ހިންގާ ޕްރޮގްރާމެއް ކަމަށެެވެ.

މީގެއިތުރުން މި ޕްރޮގްރާމްގެ މަގުސަދަކީ މަސައްކަތުގެ މާހައުލަށް ދަރިވަރުން ހާނުވައި، މަސައްކަތުގެ މާހައުލަށް ނިކުންނަންވާއިރަށް ދާއިރާގައި ތަޖުރިބާ ހުރި ފަރާތްތަކާއެކު މަސައްކަތް ކުރުމުގެ ފުރުސަތު ހޯދައިދިނުން ކަމުގައިވެސް އެ ކުންފުނިން ބުންޏެވެ.

އަދި މި ޕްރޮގްރާމްގެ ބައިވެރިންނަށް ތަޖުރިބާ ކުރެވުނު ދާއިރާތައް ފުރަތަމަ ބުރުގެ ބައިވެރިންނަށް ތަފާތު 12 ދާއިރާއަކުން ތަރުޖިބާ ހޯދުމުގެ މަގު ފަހިކޮށްދެވުނު ކަމަށެވެ

އެގޮތުން އެކޮމަޑޭޝަން ފެސިލިޓީ މެނޭޖްމަންޓް، އެޑްމިނިސްޓްރޭޝަން، ސެކިއުރިޓީ އެންޑް ސޭފްޓީ، އިންވެންޓްރީ، އައި.ސީ.ޓީ، ލޮޖިސްޓިކްސް، ޕްރޮޑަކްޝަން، އެޗް.އާރ، ޕްރޮޖެކްޓް މެނޭޖްމަންޓް، ޕްރޮޖެކްޓް އިމްޕްލިމެންޓޭޝަން، ސޭލްސް އެންޑް މާކެޓިންގ، ޕަބްލިކް ރިލޭޝަންސް ހިމެނެއެވެ.

މީގެ އިތުރުންވެސް މަސައްކަތްތަކަށް އަހުލުވެރިވުމަށް ފީލްޑް ޓްރިޕް ދިއުމާއި، މި ކޯޕަރޭޝަނަށް ފުރުސަތު ލިބޭ އެކިއެކި ތަމްރީން ޕްރޮގްރާމް ތަކުގައި ބައިވެރި ވުމުގެ ފުރުސަތު ދެވިފައިވާނެ ކަމަށްވެސް އެކުންފުނިން ބުނެފައިވެއެވެ.

މި ޕްރޮގްރާމްގެ ފުރަތަމަ ބުރުގައި ޖުމްލަ 11 ބައިވެރިން ބައިވެރިވެއެވެ. ޖުމްލަ ގޮތެއްގައި މި ޕްރޮގްރާމްގައި ހާއްސަ ކުރެވިފައިވަނީ 16-21 އަހަރުގެ ކުދިންނަށެވެ.

އަދި މި ޕްރޮގްރާމްއަކީ 6 މަސް ދުވަހަށް ކުރިއަށްގެންދާ ގޮތަށް ރޭވިފައި އޮތްނަމަވެސް ފުރަތަމަ ބުރުގެ މުއްދަތު 9 މަސް ދުވަހަށްވަނީ އިތުރުކޮށްފައެވެ. މި ޕްރޮގްރާމްގައި ބައިވެރިވި ކޮންމެ ފަރާތަކަށް 5000 ރުފިޔާގެ އެލަވެންސެއް ދީފައިވެއެވެ.

އަދި މި ޕްރޮގްރާމް ފުރިހަމަކޮށްފައިވަނީ 5 ދަރިވަރެކެވެ.