އިންޑިއާގެ މިއުޒިކް ލޭބަލް ޓީ-ސީރީޒް ފަހަތަށް ޖައްސާލައި ޔޫޓިއުބްގައި އެންމެ ގިނައިން ސަބްސްކްރައިބް ކޮއްފައިވާ ޗެނަލަކަށް ޖިމީ ޑޮނަލްޑްސަން ނަވަތަ "މިސްޓަބީސްޓް" ވެއްޖެއެވެ.

ފަސް އަހަރު ވަންދެން މި ރެކޯޑް އޮތް ޓީ-ސީރީޒް މިދިޔަ އާދީއްތަ ދުވަހު މިސްޓަބީސްޓްގެ 269 މިލިއަން ސަބްސްކްރައިބަރުން ވަނީ ބަލިކޮށްފައެވެ. ބޮޑެތި ޗެލެންޖުތަކާއި، ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކަށް މަޝްހޫރުވި އުމުރުން 26 އަހަރުގެ ޖިމީގެ މި ކާމިޔާބީއަކީ ޔޫޓިއުބް ޑައިނަމިކްސްއަށް ގެނައި ވަރަށް ބޮޑު ބަދަލެކެވެ.

ގާތްގަނޑަކަށް 800 އެއްހާ ވީޑިއޯ ހިމެނޭ މިސްޓަބީސްޓްގެ ޗެނަލުން ވަނީ ޕްރައިވެޓް އައިލެންޑްތައް ދިނުމާއި މަޝްހޫރު ޝޯތަކުގެ ހަގީގީ ވާޝަންތައް ސްޓޭޖްކުރުން ފަދަ ކަންކަމުން ބެލުންތެރިންގެ ހިތްތައް ހޯދަފައެވެ. އޭނާގެ ކާމިޔާބީ ފާހަގަކުރަމުން މިސްޓާބީސްޓް އެކްސް ގައި ކުރިޕޯސްޓެއްގައި "ބަދަލު ހިފައިފިން" ކަމަށް ވެއެވެ. މިއީ 2019 ވަނަ އަހަރު ޓީ-ސީރީޒް އަތުން އެއް ވަނަ ގެއްލުނު ޕިއުޑީޕައިއަށް އިޝާރާތް ކޮށެވެ.

އެ ޗެނަލްގެ ސަބްސްކްރައިބަރުންގެ އަދަދު، އެއް ދުވަހެއްގެ ތެރޭގައި ރެކޯޑް އަދަދަކަށް 2 މިލިއަނަށް އަރާފައިވާިރު، އެކަމުން އެ ޕްލެޓްފޯމްގައި މިސްޓަރބީސްޓްގެ ބާރު ހާމަވެގެން ދެއެވެ. ޔޫޓިއުބުން ބޭރުގައި އެކްސް އަދި އެމެޒޯން ފަދަ ޕްލެޓްފޯމްތަކާ އެކު އޭނާ އަށް ފައިދާ ހުރި ވެންޗާތަކެއް އެބަހުއްޓެވެ.