އުމުރުން 59 އަހަރުގެ ފިރިހެނަކު އެޗް5އެން2 (ދޫނި ރޯގާ) ޖެހިގެން މެކްސިކޯގައި މަރުވެއްޖެއެވެ.

މިއީ ދޫނި ރޯގާގެ މި ސްޓްރެއިންގެ އިންސާނަކު ޕޮޒިޓިވްވި ފުރަތަމަ ފަހަރެވެ.

އެ މީހާގެ ކްލޯސް ކޮންޓެކްޓުންގެ ތެރެއިން އެއްވެސް މީހަކަށް ވައިރަސް ޖެހިފައި ނުވާތީ، ފުޅާ ދާއިރާއެއްގައި ނުރައްކަލެއް ނެތް ކަމުގެ ޔަގީންކަން ސިއްހީ އިދާރާތަކުން ރައްޔިތުންނަށް ދީފައިވެއެވެ. މެކްސިކޯގެ ބައެއް ކުކުޅު ފާމްތަކުން އެޗް5އެން2 ފެނުނު ނަމަވެސް ބަލި ފެތުރެން މެދުވެރިވި ސަބަބެއް އަދި ސާފެއް ނުވެއެވެ.

ސިއްޙީ މައްސަލަތަކެއް ދިމާވެ، ހަފުތާތަކެއް ވަންދެން އެނދުމަތިކޮށްފައި އޮތް އެ މީހާ ވައިރަސްގެ ސަބަބުން މަރުވުމުގެ ކުރިން ހުން އައުމާއި ނޭވާލާން އުނދަގޫވުން ފަދަ އަލާމާތްތަކާ ކުރިމަތިލާންޖެހުނެވެ. އޮފިޝަލުން ވިދާޅުވާ ގޮތުގައި އިންސާނުންގެ މެދުގައި މި ވައިރަސް ފެތުރިދާނެ ކަމުގެ އެއްވެސް ހެއްކެއް ހޯދިފައިއެއް އަދި ނުވެެއެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން އަންނަނީ އެޗް5އެން2 ފަދަ ފްލޫ ސްޓްރެއިންތަކުން މިއުޓޭޝަންތައް ހުރިތޯ ބަލަމުންނެވެ.

ދޫނި ރޯގާގެ ތަފާތު ސްޓްރެއިންތައް އެކުލެވިގެންވާ އިރު، އޭގެ އަސަރު ދޫނިތަކަށާއި ބައެއް ކެހެރިލީ ޖަނަވާރަށް ކުރެއެވެ. އިންސާނުންގެ ކިބައިން ކޭސްތަށް ފެންނަލެއް ވަރަށް މަދުވެ ބަލިން ރަނގަޅުވުމުގެ ފުރުސަތު ބޮޑު ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ. ދޫނި ރޯގާގެ އަސަރު ދާދި ފަހުން އެމެރިކާގައި ޑެއިރީ ގެރިތަކަށާއި ބައެއް އިންސާނުންނަށް ކޮށްފައިވާއިރު، އިނގިރޭސިވިލާތުން ވަނީ ދޫނި ރޯގާގެ އައު ކޭސްއެއް ނުފެނުމުން ދޫނި ރޯގާ ނެތް ކަމަށް ކަނޑައަޅައިފައެވެ.

ޕިރްބްރައިޓް އިންސްޓިޓިއުޓްގެ ޕްރޮފެސަރު އިއާން ބްރައުން އާއި ޔުނިވާސިޓީ އޮފް ގްލާސްގޯގެ ޑރ އެޑް ހަޗިންސަން ފަދަ ތަޖުރިބާކާރުން ދެކޭ ގޮތުގައި މިއީ އެކަހެރި ހާދިސާއެކެވެ. މިހާރު ކުރިއަށްދާ ސަވައިލަންސްގެ ތެރޭގައި އިންސާނުންގެ އިތުރު އިންފެކްޝަނެއް އަވަހަށް ދެނެގަތުމަށްޓަކައި ހަށިގަނޑުގެ ދިފާއީ އިޖާބަތައް ހޯދުމަށް އެކްސްޕޯޒްވެފައިވާ ފަރާތްތައް ޓެސްޓުކުރުން ހިމެނެއެވެ.