ރ. އުނގޫފާރުގައި، ކަރަންޓުގައި ޖެހިގެން އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާދެމުން އުމުރުން 18 އަހަރުގެ ހުސެއިން އަތީކް ނިޔާވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ހުސެއިން އަތީކް ނިޔާވެފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.

އެ ރަށުން ހޮސްޕިޓަލުން ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް، އަތީކް އައިޖީއެމްއެޗަށް ބަދަލުކުރީ މި މަހުގެ 26 ވަނަ ދުވަހުއެވެ. ނަމަވެސް އޭނާގެ ހާލަތަށް މާ ބޮޑު ބަދަލެއް އައިސްފައި ނުވާ ކަމަށާއި މީގެ ދެ ދުވަހެއް ކުރިން ޑޮކްޓަރުން އުއްމީދު ކަނޑާލާފައިވާ ކަމަށް އާތިކްގެ އާއިލާއިން މައުލޫމާތު ދީފައިވާވެއެވެ.

އަތީކް ކަރަންޓުގައި ޖެހިފައިވަނީ ކުޑަ ދެ ކުދިންނަތަކަކާއި އެކު ފެންގަނޑެއްގައި ކުޅެން އުޅުމުގެ ތެރޭގައި އުނގޫފާރުގައި މަގުމަތީގައި ހުރި މަގުބައްތިއަކުންއެވެ. މީގެއިތުރުން ކަރަންޓްގައި ޖެހުނު އެ ކުޑަ ދެކުދިންވެސް ސަލާމަތްކޮށްފައިވަނީވެސް އެ ޒުވާނާއެވެ.