މިއަހަރު ބޮލީވުޑް ސިނަމާތަކަށް އަންނާނެ ކަމަށް އެންމެ އުންމީދު ކުރާ އެއް ފިލްމަކީ ކަލްކީ 2898 އެވެ.

ނާގް އަޝްވިން ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ތަރިން ހިމެނޭ ކާސްޓުންނާއި ޕްރޮޑަކްޝަން ވެލިއޫ މަތި އަދި ބޮޑު ބަޖެޓަކާއެކު ބްލޮކްބަސްޓާއަކަށް ވާނެއެވެ.

ގާތްގަނޑަކަށް 600 ކްރޯޑް ރުޕީސް (71.9 މިލިއަން ޑޮލަރު) ގެ ބަޖެޓަކާއެކު "ކަލްކީ 2898 އޭޑީ" އަކީ މިހާތަނަށް އިންޑިއާގެ އެންމެ އަގުބޮޑު ފިލްމުތަކުގެ ތެރޭގައި ހިމެނޭ ފިލްމެކެވެ. މި ފިލްމު ރިލީޒްކުރުމާ ބެހޭ ގޮތުން އުފެދިފައިވާ ފޯރި އަކީ ޕްރަބާސް، ދީޕިކާ ޕަދުކޯން، އަމީތާބް ބައްޗަން، ކަމަލް ހާސަން އަދި ދިޝާ ޕަޓާނީ ފަދަ ތަރިންގެ ސަބަބުން އުފެދިފައިވާ ފޯރިއެކެވެ.

ރިޕޯޓްތައް ބުނާ ގޮތުން ޕްރަބާސް ވަނީ މި ފިލްމުގައި އޭނާގެ އެކްޓިންއަށް 150 ކްރޯޑް ރުޕީޒް (17.9 މިލިއަން ޑޮލަރު) ނަގާފައި ކަމަށާއި އެއީ މުޅި ބަޖެޓުގެ 25 އިންސައްތަ ކަމަށެވެ. މި އިނާޔަތުން އޭނާގެ އެކްޓިންގެ ބާރާއި ފިލްމާ ބެހޭ ގޮތުން ކުރެވޭ އުއްމީދުތައް ވަރަށް ބޮޑަށް ދައްކުވައިދެއެވެ.

މި ފީއަކީ ޕްރަބާސްގެ އެންމެ ފަހުގެ ފިލްމާ އެއްވަރުގެ ފީއެކެވެ. "އަޑިޕުރުޝް" ގެ ރޯލަށް ވެސް އޭނާ އަށް ލިބުނީ ހަމަ އެ އަދަދެވެ. މިފަހަކަށް އައިސް އޭނާގެ މަގްބޫލުކަމާއި ޑިމާންޑް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

އެންމެ ފަހުގެ ރިޕޯޓްތައް ބުނާ ގޮތުން އެންމެ ފުރަތަމަ ކަލްކީ 2898 އޭޑީ ނިކުންނަން ތާވަލުކޮށްފައި އޮތީ މެއި 9، 2024 ގައެވެ. ނަމަވެސް އިންޑިއާގެ މަޖިލީހުގެ އިންތިހާބުގެ ހާލަތާ ގުޅިގެން ފަސްކުރަން ޖެހުނެވެ. މިހާރު ފިލްމު ރިލީޒްކުރަން ހަމަޖެހިފައިވަނީ މިމަހު 27 ވަނަ ދުވަހުއެވެ.