އައްޑޫ ސިޓީގައި ގާމެންޓް ފެކްޓްރީއެއް އެޅަން ބިމެއް ހަމަޖެއްސުމަށް ބިޒްނަސް ސެންޓަރު ކޯޕަރޭޝަން (ބީސީސީ) އިން އައްޑޫ ސިޓީ ކައުންސިލާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ބީސީސީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ސާމިހް އާދަމް އާއި އައްޑޫ ސިޓީ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މޭޔަރު މުހައްމަދު ޝުއާއުއެވެ.

ބީސީސީން ބުނީ އާ ގާމެންޓް ފެކްޓްރީގެ އަމާޒަކީ ލޯކަލް އިގްތިސާދު ކުރިއެރުވުމާއި ވަޒީފާގެ ފުރުސަތުތައް ތަނަވަސްކޮށްދިނުމާއި އިމްޕޯޓް މަދުކުރުން ކަމަށް ބީސީސީއިން ބުނެއެވެ. އަދި މި ފެކްޓަރީގެ ސަބަބުން މި ސަރަހައްދުގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ވެސް އިތުރު ފުރުސަތުތަކެއް ލިބިގެންދާނެ ކަމަށްވެސް އެކުންފުނިން ބުނެއެވެ.

އައްޑޫ ސިޓީގައި މީގެ ކުރިންވެސް ގާމެންޓު ފެކްޓޮރީއެއް އޮތެވެ. ނަމަވެސް ސަރުކާރުގެ އެއްބާރުލުން ނުލިބުމުން ފެކްޓްރީ ވަނީ ބަންދުކޮށްފައެވެ.