އަންނަ ޖޫން މަހުގެ 28 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބަށް އީރާނުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސާއި އިތުރު ފަސް ބޭފުޅެއްގެ ކެންޑިޑެސީއަށް އެ ގައުމުގެ ގާޑިއަން ކައުންސިލުން ހުއްދަ ދީފިއެވެ.
އިރާނުގެ ރިޔާސީ އިންތިހާބު މިބާއްވަނީ މިދިޔަ މަހުގެ 19 ވަނަ ދުވަހު ހިނގި ހިތާމަވެރި ހެލިކޮޕްޓަރު ހާދިސާގައި ރައީސް އިބްރާހިމް ރައީސީއާއި އިތުރު ހަތް މީހަކު އަވަހާރަވުމާ ގުޅިގެންނެވެ.
އާދީއްތަ ދުވަހު ގާޑިއަން ކައުންސިލުން ކުރި އިއުލާނުގައި ވަނީ ކުރީގެ ރައީސް މަހްމޫދު އަހުމަދީނިޖާދުއަށް އިންތިޚާބުގައި ބައިވެރިނުވެވޭނެކަމަށް އަންގާފައެވެ. 2009 ވަނަ އަހަރު އަލުން އިންތިހާބުވެވަޑައިގަތުމާ ގުޅިގެން އަހުމަދީނިޖާދު ވަނީ ވޯޓު ގުނުމަށް ނުފޫޒު ފޯރުވާފައިވާ ކަމުގެ ތުހުމަތު އޮތުމުން އިންތިޚާބުތަކުގައި ބައިވެރިވުމުގެ ހުއްދަ ގެއްލިފައެވެ.
ކައުންސިލްގެ މި ނިންމުމަކީ ސުޕްރީމް ލީޑަރު އަލީ ޚާމަނާއީގެ މަގާމަށް ރަނގަޅު ކަމަށް ބެލެވުނު ބޭފުޅެއް ކަމައްވާ ރައީސީގެ ރައީސް ކަމުގެ މަގާމަށް ބޭފުޅަކު ހޯދުމަށް ދެ ހަފުތާގެ ކެމްޕެއިނެއް ފެށުމެވެ. ތިއޮކްރެޓިކް އޯވަސައިޓްގެ ދަށުން ކުރިއަށް ގެންދާ މި އިންތިހާބަކީ ދާދި ފަހުން ބޭއްވި އިންތިހާބުތަކުގައި ވޯޓުލާ މީހުންގެ އަދަދު މަދު ވުމުގެ މައްސަލައަށް ހައްލެއްގެނަންނާ ގޮތަށް ގެންދާ އިންތިހާބެކެވެ.
ކެނޑިޑޭޓުން ޓީވީ މެދުވެރިކޮށް ބަހުސްކުރުމާއި އާންމު ކެމްޕެއިންތަކުގައި ބައިވެރިވާނެ ކަމަށް ބެލެވިފައިވީ ނަމަވެސް، ވަކި ސިޔާސަތުތަކެއް އަދިވެސް އޮޅުންފިލުވައިދީފައެއް ނެތެވެ. ނަމަވެސް އީރާނުގެ ނިއުކްލިއާ ޕްރޮގްރާމް ކުރިއަށް ގެންދިއުމާ ގުޅިގެން ހުޅަނގުން އަޅާފައިވާ ވަރުގަދަ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ތެރޭގައި އިގްތިސާދީ ގޮތުން ކުރިއެރުން ތަކެއް ލިބޭނެ ކަމަށް ކެންޑިޑޭޓުން އިއްތިފާގުން ވަނީ ވައުދުވެފައެވެ.
ފާހަގަކޮށްލެވޭ ކެނޑިޑޭޓަކީ ތެހެރާންގެ ކުރީގެ މޭޔަރު އަދި ރިވޮލިއުޝަނަރީ ގާޑްގެ ޖެނެރަލް މުހައްމަދު ބަގޭރު ކަލިބާފެވެ. އޭނާގެ ފާހަގަކޮއްލެވޭ ގޮތުގައި މީގެ ކުރިން ދަރިވަރުންގެ މުޒާހަރާތަކަށް ހުރަސް އަޅާފައިވާ ބޭފުޅެކެވެ.
މި އިންތިޚާބަކީ އީރާނާއި ހުޅަނގުގެ މެދުގައި ނުތަނަވަސްކަން އުފެދިފައިވާ ދަނޑިވަޅެއްގައި ބާއްވާ އިންތިޚާބެކެވެ. އީރާނުގެ ޚާރިޖީ ސިޔާސަތުތަކުގެ ތެރޭގައި ރަޝިޔާއަށް ތާއީދުކުރުމާއި ޔަމަނުގައި ބައިވެރިވުން ހިމެނެއެވެ.