ސަރުކާރު މުއައްސަސާތަކުން ރައްޔިތުންނަށް ހިދުމަތް ދިނުމަށް ހަދައިފައިވާ "އީފާސް" އެޕްލިކޭޝަންގެ "ފޭސް ރިކޮގްނިޝަން" ފީޗާ ބަލަހައްޓަމުން ގެންދިޔަ އިޒްރޭލު ކުންފުނި އެކަމުން ވަކިކޮށްފިއެވެ.

އީފާސް އިން މިއަދު ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ އެޕްލިކޭޝަންގެ ފޭސް ރިކޮގްނިޝަން ފީޗާ ވަނީ ވަގުތީ ގޮތުން މަސައްކަތް ނުކުރާނެ ކަަމަށެވެ. އީފާސް އިން ވިދާޅުވެފައިވަނީ ފޭސް ވެރިފިކޭޝަންގެ ވެންޑާ ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާތީ, އީފާސްގެ ފޭސް ވެރިފިކޭޝަންގެ ހިދުމަތް މެދުކެނޑިފައިވާކަމަށެވެ. އަދި އީފާސް ވެރިފައިކުރައްވަން ބޭނުންވާ ފަރާތްތަކުން ނެޝަނަލް ސެންޓަ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ)އަށް އީމެއިލްކުރެއްވުމަށްވެސް ވަނީ އެދިފަ އެވެ.