ދިވެހި ބަހުގެ އެކެޑަމީގެ ބަސްކޮމެޓީއަށް ކޮންސަލްޓެންޓެއް ހޯދުމަށް އިއުލާނު ކޮށްފިއެވެ.

މި މަގާމަށް 1 ފަރާތައެއް ހޯދާއިރު، މުސާރާގެ ގޮތުން ހަމަޖެހިފައިވަނީ މަސައްކަތް ކުރާ ކޮންމެ ގަޑިިއިރަކަށް -/250 ރުފިޔާއެވެ. ވަޒީފާގެ މައިގަނޑު މަސްއީލިއްޔަތުތަކު ތެރޭގައި، ދިވެހި ބަސްފޮތް މުރާޖާކުރުމާއި، ލަފުޒުތަކުގެ މާނަ ރަނގަޅުތޯ ބެލުމާއި، ބަސް ކޮމެޓީގެ އެހެނިހެން ކަންކަމުގައި ބައިވެރިވެ އެ ކޮމެޓީގެ ނިންމުންތައް ކަރުދާސްކުރުމާއި، ބަސްދާރުގެ ހުރިހާ މަސައްކަތްތަކެއް ވިލަރެސްކުރުމާއި، ބަސް ކާޑާއި ބަސް ތުރާގެ ކަންކަން ބެލެހެއްޓުން އަދި މުޖުތަމުގައި އަލަށް އުފެދޭ ލަފުޒުތައް ދެނެގަނެ، މާނައާއެކު ކޮމެޓީއަށް ހުށަހެޅުން ފަދަ މަސްއްކަތްތައް ހިމެނެއެވެ.

މި މިޤާމުގެ ޝަރުތުތަކުގެ ތެރޭގައި ދިވެހިބަހުގެ ޢިލްމާ ގުޅުންހުރި ދާއިރާއަކުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 އަދި ގުޅުންހުރި ދާއިރާއަކުން ލެވެލް 9 ސަނަދެއް ހަސިލްކޮއްފައިވުން ހިމެނެެއެވެ.

މިމަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން ހެށަހަޅަންޖޭހޭ ހުރިހާ ލިޔުންތަކަކާއި އެއްކޮށް [email protected] އަށް 27 ޖޫން ގެ 13:30 ކުރިން އީމެއިލް ކޮއްލެވުމަށް ދިވެހިވަހުގެ އެކެޑަމީއިން އެދިލައްވައެވެ. އުތުރު މައުލޫމަތު ބޭނުންވާނަމަ 7986230 އަށް ގުޅުއްވާ، ނުވަތަ އެ އީ-މެއްލަށް އީ-މެއިލް ކުރައްވާލާށެވެ.