މަކަރާ ހީލަތުން ފައިސާ ހޯދިކަމުގެ މައްސަލައެއްގެ ތަހުގީގަށް މީހަކު ހޯދުމަށް ފުލުހުން އިއުލާނުކޮށްފިއެވެ.
މި މައްސަލައިގައި ފުލުހުން ހޯދަމުން ދަނީ އުމުރުން 38 އަހަރުގެ ކ. މާލެ / ގ. ބްލޫރިވާރ އާދަމް ރަޝީދެވެ.
ފުލުހުން ހާމަކުރި ގޮތުގައި ހއ. އިހަވަންދޫ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ މަކަރާ ހީލަތުގެ މައްސަލައެއްގައި ސުވާލު ކުރުމަށް ޓަކައި އާދަމް ރަޝީދު ހާޒިރުކުރަން ބޭނުންވެއެވެ. ނަމަވެސް އޭނާ ވަޒަންވެރިވާ ތަނެއް ނޭނގޭތީ ސްޓޭޝަނަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ, ފުލުހުން ވަނީ އޭނާއަށް ތަހުގީގަށް ހާޒިރުވުމަށް އިއުލާނުކޮށްފައެވެ.
ފުލުހުން ވަނީ އާދަމް ރަޝީދަށް, 24 ޖޫން 2024 ވާ ދުވަހުގެ 11:00 ގެ ކުރިން ސާޖަންޓް އާދަމް ހަލީމް ކްރައިމް އިންވެސްޓިގޭޝަން ބިލްޑިން ނުވަތަ އެންމެ ކައިރީގައިވާ ޕޮލިސް ސްޓޭޝަނަކަށް ހާޒިރުވުމަށް އަންގާފައެވެ.