ޕްރިޕެއަރިންގްއައުޓާ އައިލެންޑްސް ފޯ ސަސްޓެއިނެބިލިޓީ އެނާޖީ ޑިވެލޮޕްމެންޓް (ޕޮއިސްޑް) ޕްރޮޖެކްޓް ބ. އަތޮޅުގައި އިފްތިތާހުކުރުމަށް ތައްޔާރީތައް ފަށައިފިއެވެ. އެ ގޮތުން ކޮންމެ ބްރާންޗެއްގެ ޓެކްނިކަލް މުވަޒަފުންނަށް ޕްރޮޖެކްޓްގެ ޓްރެއިންނިން ދިނުމުގެ ޝެޝަންއެއް ފެނަކައިން ކުރިއަށް ގެންގޮސްފިއެވެ.

މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ އާއި ފެނަކަ ކޯޕަރޭޝަން ގުޅިގެން އޭޝިއަން ޑެވެލޮޕްމެންޓް ބޭންކް ގެ އެހީގައި ކުރިޔަށްގެންދާ "ޕޮއިސްޑް" ޕްރޮޖެކްޓްގެ ދަށުން ބ. އަތޮޅުގެ ރަށްތަކުގައި ޖުމުލަ 2.74 މވ ސޯލާ ޕީވީ އަދި 3.23 މވގެ ބެޓެރީ އެނާޖީ ސްޓޯރޭޖް ސިސްޓަމް އިންސްޓޯލް ކުރެވޭނެއެވެ.

2023 މާޗުން ފެށިގެން ޕޮއިސްޑް ޕްރޮޖެކްޓް ތ. އަތޮޅު ބުރުނީ ފިޔަވައި އެ އަތޮޅު ހުރިހާ ރަށެެއްގައި އެބަ ކުރިއަށްދެއެވެ. މިގޮތުން ތ. ވޭމަންޑޫގައި މިދިޔަ މޭމަހު ވަނީ 250.6 ކވގެ ސޯލާ ޕީވީ ނިޒާމެއް ޕްރި-ކަމިޝަން ކުރެވިފައެވެ. މީގެ ސަބަބުން ކޮންމެ މަހެއްގައި ވޭމަންޑޫއަށް ބޭނުންވާ ހަކަތަ އުފެއްދުމަށް ބޭނުންވާ ޑީސަލުން އެވްރެޖްކޮށް 10،500 ލީޓަރު ސަލާމަތް ކުރެވޭނެކަމަށް ފެނަކައިން ބުނެއެވެ.

ޕޮއިސްޑް ޕްރޮޖެކްޓްގެ މަސްއްކަތްތައް ހދ، ހއ. ށ. އަދި ނ އަތޮޅުގައިވެސް ފެނަކައިން އެބަ ކުރިއަށް ގެންދެއެވެ.

މި ޕްރޮޖެކްޓް ނިމުމުން ކަރަންޓު ދިނުމަށް ފެނަކައިން ތެލަށް ކުރާ ހަރަދުން ކޮންމެ އަހަރަކު 11 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެކަމަށް އެ ކުންފުނިން ބުނެއެެވެ. އަދި ހަކަތަ އުފެއްދުމުގެ ތެރެއިން ޖައްވަށް ބޭރުވާ ވިހަ ކާބަންޑައިއޮކްސައިޑުގެ މިންވަރު ހަތަރު ޓަނު މަދުކުރެވޭނެކަމަށް ވެސް ފެނަކައިން ބުނެއެވެ.