ގަލޮޅު މައިނާގޭ ގްރައުންޑް ފްލޯރގައި ބަހައްޓާފައި ހުރި ލަކުޑިތަކެއްގައި ރޯވި އަލިފާން، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ނިއްވާލައިފިއެވެ.

އެމްއެންޑީއެފުން ބުނީ މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ ރޭ ފަތިހު 05:13 ހާއިރު ކަމަށެވެ. އަދި ރިޕޯޓުލިބުމާއިއެކު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރ ފައިޓަރުން ވަނީ އެސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައިވާ ކަމަށްވެސް އެފަރާތުން ބުންޏެވެ.

މިގޮތުން އެފްއާރުއެސްގެ ފަޔަރ ފައިޓަރުން ކުރި މަސައްކަތުން ލަކުޑިތަކުގައި ރޯވެފައި ހުރި އަލިފާން ނިއްވާލެވުނީ ފަތިހު 05:42 ހާއިރުއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.