ބޭނުންވާ ތަކެތި

1 ކިލޯ ކަނޑުމަސް

6 މޭޒުމަތީ ސަމުސާ ކޮތަނބިރި (ނުމުގުރާ)

3 މޭޒުމަތީ ސަމުސާ ދަވިއްގަނދު ( ނުމުގުރާ)

3 މޭޒުމަތީ ސަމުސާ ދިރި (ނުމުގުރާ)

12 ހިކިމިރުސް

2 ސައި ސަމުސާ އަސޭމިރުސް

4 ކާފޫރު ތޮޅި

4 އިންޗީގެ ފޮނިތޮށި ( ދެބުރިކޮށްލާފައި)

3 ލޮނުމެދު

2/1 އިންޗީގެ އިނގުރުކޮޅެއް

2/1 ސަމުސާ ރީނދޫ

4/3 ބައި ޖޯޑު ފެން (ހަވާދު ހެދުމަށް)

4/3 ޖޯޑު ފެން (ރިހަ ކެއްކުމަށް)

2 ފިޔާ (ބޮޑު)

5 މޭޒުމަތީ ސަމުސަ ތެޔޮ

3/1 ޖޯޑް ކަނަމަދު

3/1 ހިކި މޭބިސްކަދުރު

12 އިންޗީގެ ރާނބާފަތް (މަސްކޮޅު ބަނުމަށް)

10 ހިކަނދިފަތް

1 ޖޯޑު ކާށި ކިރު

ރަހަލާވަރަށް ލޮނު

ތައްޔާރުކުރާނެ ގޮތް

ތަވައެއް އުނދުންމްއްޗައް އުދައި ރަނަގަޅަށް ހޫނު ވުމުން އޭގެ ތެރެއަށް ކޮތަނބިރި، ދަވިއްގަނދު، ދިރި،ހިކިމިރުސް، އަސޭމިރުސް، ކާފޫރުތޮޅި، ފޮނިތޮށި ލޮނުމެދު އަދި އިނގުރުކޮޅު އަޅާލާށެވެ. ދެން ކޮތަނބިރިކޮޅަށް ރަން މުށި ކުލަ އަރަންދެން ހަނާކުރާށެވެ. ހަވާދުކޮޅު ހަނާވުމުން ތަވައިން އެތަކެތި ނަގާ އެއްޗަކަށް އަޅާފައި ހިހޫކުރަން ބަހައްޓާށެވެ. ހަވާދުކޮޅު ހިހޫވުމުން ރީނދުލާއި ލޮނުކޮޅެއް އަޅައިގެން މުގުރާޅލާށެވެ. ދެން ފެންފޮދެއް އަޅައި ހިމުން ކޮށްލާށެވެ.

ދެން ފިޔާ ތުނިކޮށް ކޮށާލާށެވެ. އެއަށްފަހު ތަވަޔަކަށް ތެޔޮ އަޅައި ހޫނު ކޮށްލާށެވެ. ތެޔޮ ހޫނު ވުމުން ކޮށި ފިޔާގެ2/1 ތެޔޮކޮޅުގެ ތެރެއަށް އަޅާފައި ރަން މުށިކުލަ އަރަންދެން ހަނާކޮށްލާށެވެ. އެއަށްފަހު ކަނަމަދާއި ހިކި މޭބިސްކަދުރުވެސް އެއަށް އަޅާށެވެ. މޭބިސްކަދުރު ކޮޅު ފުފި ފިޔާކޮޅު ރރތްވަންދެން ކައްކާށެވެ. ދެން ބޯތައްޓަކަށް ނަގާށެވެ. ދެން މި ފިޔާ ބޯތަށީގެ ތެރެއަށް ކުރިން ތައްޔާރުކުރި ހަވާދުވެސް އަޅައި އެއްކޮށްލާފައި ބަހައްޓާށެވެ.

އެއަށްފަހު ކަނޑުމަސްކޮޅު ފޮތިކުރާށެވެ. ފުޅާމިނުގައި 2 އިންޗި ،ދިގުމިނުގައި 4 ހުންނާނެހެން ތުނި ފޮތިތަކަކަށް ވާނޭހެން ކަނޑުމަސްކޮޅު ކޮށާލާށެވެ. ބޯމިން ބަހައްޓާނީ އެތެރެއަށް ހަވާދުގަނޑު އަޅާފައި އޮޅާލަން ފަސޭހަ ވާނެ ވަރަށެވެ. އަދި މަސްކޮޅު އެތެރޭގައި ވަޅި ކާއްތައިގެން ފަތާވެސް ކޮށްލަންވާނެއެވެ. ދެން ރާނަބަފަތްކޮޅު ހިމަ ދިގުކޮށް ކޮށާލާށެވެ. އެއަށްފަހު ކޮށި ކަނޑުމަސް ބުރިތަކުގެ އެތެރޭގައި ހަވާދު އުނގުޅާށެވެ. އެއަށްފަހު މަސްބުރި އޮޅާލައިފައި ހިމަކުރި ރާނބަފަތުން އައްސާށެވެ. މި ގޮތަށް ހުރިހާ މަސްބުރިއެއް ހެދުމަށްފަހު ރިހަ ކައްކަން އުދަންވީއެވެ. ތެއްޔަކަށް ދެ ސަމުސާ ތެޔޮ އަޅައި ހޫނު ވުމުން ކޮށި ފިޔާކޮޅުގެ ބާކީ ހުރި ބައި އަޅާޅށެވެ. އަދި ހިކަނދިފަތާއި ރާނަބާފަތްވެސް އަޅައިގެން ފިޔާކޮޅު ރަތްކޮށްލާށެވެ. ދެން މަހަށް އެޅާފައި ބާކީ ހުރި ހަވާދު ކޮޅުވެސް ތެއްޔަށް އަޅާލާށެވެ. އެއަށްފަހު ކާށި ކިރާއި ލޮނު އަދި ފެންފޮދު އަޅައިގެން ރަނގަޅަށް ބޮކިޖަހަންދެން ކައްކާލާށެވެ. ބޮކި ޖަހަން ފެށުމުން ހަވާދު އަޅައި ބަނދެފައި ހުރި މަސްކޮޅު އަޅާލާށެވެ. ދެން 20 މިނެޓް ވަންދެން ކައްކާލާށެވެ. ކައްކާއިރު ދޭފަތުން ހަލައިގެން ނުވާނެއެވެ. މަސްކޮޅު ފުށުން ޖަހަން ބޭނުންނަމަ މަޑުމަޑުން ދެ ސަމުސާ ބޭނުންކޮށްގެން ފުށުން ޖަހާލާށެވެ. ދެން ލޮނުހެޔޮވަރުކޮށް އުނދުންމަތިން ބާލާށެވެ.