މިއީ ރައްޓެހި ދެމަފިރިއަކު އިންޑިއާގައި ދޮޅު އަހަރު ދުވަހު ކިޔަވަން ތިބެފައި މާލެ އައިތަނާ ދިމާވި ހާދިސާއެކެވެ. ރަޙުމަތް ތެރިޔާ ކިޔައިދިނެވެ. އެމީހުން އިންޑިއާގައި ދިރި އުޅުނީ ވަރަށް ފަސޭހައިގައެވެ. ކުއްޔާއި ކެއުމުގެ ޚަރަދު ވަރަށް ކުޑަ ކަމަށް ބުންޏެވެ. ދަތުރު ފަތުރު ކުރުންވެސް ވަރަށް ފަސޭހައެވެ.

ރަހުމަތްތެރިޔާ ބުނިގޮތުގައި އަގު ހެޔޮކޮށް ސެކަންޑް ހޭންޑް ސައިކަލެއް ގަނެގެން ބޭނުންތާކަށް ގޮސް އުޅުމުގައި އެއްވެސް ދަތި ކަމެއް ދިމައެއް ނުވެއެވެ. ދާން ނޭނގޭތަނެއްނަމަ އެކި ހިސާބުތަކުން ހުއްޓަމުން ދިމާވާ މީހުން ގާތު އަހަމުން އެތަނަކަށް ފަސޭހަކަމާއިއެކު ދެވެއެވެ.

ނަމަވެސް އެތަނުގައި ދަތުރު ކުރާއިރު ސްކޫޓަރުގެ ފަހަތުގައި އިންނަމީހާ އުފުލަން ޖެހޭ ޒިންމާއެއް އޮވެއެވެ. ގޯޅި ތަކާއި މަގުތަކަށް އަޅަމުންދާއިރު ސިގުނަލް ދޭން ޖެހެނީ ފަހަތުގައި އިންނަ މީހާއެވެ. ފަހަތުގައި އިންނަ މީހާގެ އަތުގެ އިޝާރާތުން ގޯޅި އަޅަނީކަން ދައްކަން ޖެހެއެވެ. ސްކޫޓަރުގައި ސިގުނަލް ލައިޓް އިނަސް މެއެވެ.

މި ދެމަފިރިން ދޮޅު އަހަރު ދުވަހުގެ ކޯސް ނިންމުމަށްފަހު މާލެ އައިސް ގެއަށް ބޭނުންވާ ތަކެތި ގަތުމަށް ސައިކަލުގައި ނުކުމެއްޖެއެވެ. މަގުތަކުން އަޅަމުން ދާއިރު މީހުންތައް މި ދެމަފިރިންނަށް މާ ބޮޑަށް ބަލާކަން ފިރިމީހާ އަށް ފާހަގަ ކުރެވިއްޖެއެވެ. ފިރިމީހާ އެނބުރިލީއިރު ކަމަކު ދާކަންނެތެވެ. އަނބިމީހާ މީނީ ސިގުނަލް ދީގެނެވެ. އަތުގެ އިޝާރާތުން ސްކޫޓަރު އަޅަމުންދާ ގޯޅި ދައްކަނީ އެވެ.

ފިރިމީހާ އަނބިމީހާގެ އަތުގައި ހިފައި ތިރިކޮށްފައި ބުނެފިއެވެ. ސާބަހެވެ. މިއީ މާލެއެވެ. ތިޔަ ސިގުނަލް ދައްކާކަން ނުޖެހެއެވެ. އަނބިމީހާ ލަދުން އިނދެ ބުނެފިއެވެ. އެހެންވާނެ ނޫންހެއްޔެވެ؟ ދޮޅު އަހަރު ދުވަހު އުޅެފައި މި އައީ އަތުން ސިގުނަލް ދެމުން ވިއްޔާއެވެ. ފިރިމީހާ ސައިކަލު އަނބުރާލަމުން ރުޅި އައިސްގެން ބުންޏެވެ. އެހެންވެއްޖިއްޔާ 15 އަހަރުވަންދެން ޓެކްސީ ދުއްވާ މީހުން ހިނގާނީ ކަކުލު ހުޅުން ލަނބައިގެން ގުދައްތާ އެވެ. އަދި ދެއަތުން ހުންގާނު އަނބުރާގޮތްވެސް ދައްކާނެތާއެވެ. އެވަރުންވެސް ފިރި މީހާ ރުޅި މަޑު ނުވެ ބުނަމުން ގެންދިޔައެވެ. އަހަރެންނަކީ ވިޔަފާރިއާއި ހުރިހާކަމެއް ފޯނުން ކުރާ މީހެކެވެ. އެހެންވީމާ އަހަރެންގެ އަތް އަބަދުވެސް އޮންނަންވާނީ ކަންކަށިމަތީ ތަތްކޮށްފަ ނޫންހެއްޔެވެ؟