ފެނަކައިން ކަރަންޓުގެ ހާލަތު ރަނގަޅު ކުރުމަށް އައު ޖެނެރޭޓަރުތަށް ރަށްތަކަށް ފޮނުވުމުގެ މަސައްކަތް ފަށައިފިއެވެ.

ފެނަކައިން މިއަދު ސޯޝަލް މީޑިއާގައި ވިދާޅުވީ ކަރަންޓުގެ ޙާލަތު ރަނގަޅު ކުރުމަށްޓަކައި ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން ގެނެވުނު ޖެނެރޭޓަރުތައް ކަސްޓަމުން ކްލިޔަރކޮށް ރަށްތަކަށް ފޮނުވުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އެގޮތުން ހދ.ކުޅުދުއްފުއްޓަށް 800ކވ އަދި 1200ކވ ގެ ދެ ޖެނެރޭޓަރުގެ އިތުރުން ހދ.ހަނިމާދޫ އަށް 1200ކވ ޖެނެރޭޓަރެއް ވަނީ ފޮނުވަން މިހާރު ލޯޑްކުރެވިފައެވެ. މީގެ އިތުރުންވެސް އެހެން ރަށްރަށުގެ ކަރަންޓުގެ ޙާލަތު ރަނގަޅު ކުރުމަށް މި ކޯޕަރޭޝަން އިން އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ.

ފެނަކައިން އަންނަނީ ރާއްޖޭގެ 157 ރަށެއްގައި ޚިދުމަތް ދެމުންނެވެ. މިގޮތުން އެ ކުންފުނިން ދަނީ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް މަސައްކަތް ކުރަމުންނެވެ. މިގޮތުން ރަށްރަށުގެ ކަރަންޓު ވިއުގަ އަޕްގްރޭޑުކޮށް ރަށްރަށުގައި އައު އިންޖީނުތައް ހޯދުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.