ފެނަކަ ކޯޕަރޭޝަން މެނޭޖިންގ ޑިރެކްޓަރ މުއާޒު މުހައްމަދު ރަޝީދު ކުޅުދުއްފުށި ސިޓީ ކައުންސިލާއި ބައްދަލު ކުރައްވައިފިއެވެ.

މެނޭޖިންގ ޑިރެކްޓަރ މުޢާޒް މުޙައްމަދު ރަޝީދު ކުޅުދުއްފުށީ ސިޓީ ކައުންސިލްއާ ބައްދަލުކޮށް ކޯޕަރޭޝަނާއި ގުޅިގެން ކުރެވެން ހުރި މަސައްކަތްތަކާއި ދެމުންގެންދާ ޙިދުމަތްތަކާއި ގުޅޭގޮތުން މަޝްވަރާ ކުރައްވައިފިއެވެ. އަދި މި ބައްދަލުވުމުގައި ފެނަކަ ކޯޕަރޭޝަނުގެ އިސްބޭފުޅުންވެސް ވަނީ ބައިވެރިވެ ވަޑައިގެންފައެވެ. މީގެއިތުރުން މި މަހުގެ 10ގައި އެމްޑީ މުއާޒު ވަނީ ހދ. އަތޮޅު ކައުންސިލާއި ވެސް ބައްދަލުކުރައްވައިފިއެވެ.

ފެނަކައިން އަންނަނީ ރާއްޖޭގެ 157 ރަށެއްގައި ޚިދުމަތް ދެމުންނެވެ. މިގޮތުން އެ ކުންފުނިން ދަނީ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް މަސައްކަތް ކުރަމުންނެވެ. މިގޮތުން ރަށްރަށުގެ ކަރަންޓު ވިއުގަ އަޕްގްރޭޑުކޮށް ރަށްރަށުގައި އައު އިންޖީނުތައް ހޯދުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.