ސިވިލް ސަރވިސް ކޮމިޝަނުގެ ފަރާތުން ކުރިއަށްގެންދިޔަ "ޕަރމަނަންޓް ސެކްރެޓަރީ / އެޓޮލް ސެކްރެޓަރީ ޖެނެރަލްސް ރިޓްރީޓް" ޕްރޮގްރާމުގައި އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑުން ލީޑަރޝިޕް ބިލްޑިންގ އެކްސަސައިޒްތަކެއް ކުރިއަށް ގެންގޮސްފިއެވެ.

އެމްއެންޑީއެފުން ބުނީ އދ. ދިގުރަށުގައި މިއަދު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި 43 ބައިވެރީން ބައިވެރިވި ކަމަށެވެ.

އަދި ޓީމުތަކަކަށް ބަހާލައިގެން އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑުގެ ފަރާތުން ވަނީ ލީޑަރޝިޕް ބިލްޑިންގގެ 8 އެކްސަސައިޒެއް ކުރިއަށް ގެންގޮސްފައެވެ.