ބިލަބޮންގް ހައި އިންޓާނޭޝަނަލް ސްކޫލުގެ "ކޮމިއުނިޓީ ހެލްޕާސް ޑޭ" ހަރަކާތުގައި އެމްއެންޑީއެފްގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.

އެ ސްކޫލުގެ ގުރޭޑު 1 ގެ ދަރިވަރުންނަށް އަމާޒުކޮށްގެން މިއަދު ގެންދިޔަ ސެޝަން ނަގައިދީފައިވަނީ އެމްއެންޑީއެފްގެ ފަޔާރ އެންޑް ރެސްކިއު ޑިޕާޓުމަންޓެވެ.

މި ސެޝަންގައި، އަލިފާނުގެ ނުރައްކާތެރި ހާދިސާތަކުގައި ސަލާމަތީގޮތުން އަޅަންޖެހޭ ފިޔަވަޅުތަކާ ބެހޭގޮތުން ކުޑަކުދިންނަށް ފަހުމުވާނެހެން ވަނީ މަޢުލޫމާތު ފޯރުކޮށްދީފައެވެ.

މީގެއިތުރުން އަލިފާން ނިއްވުމަށް ބޭނުންކުރާ ބައެއް އާލާތްތަކާ ބެހޭ މަޢުލޫމާތު ކުދިންނަށް އޮޅުން ފިލުވައިދިނުމުގެ އިތުރުން، މުޖުތަމަޢުގައި ފަޔަރ ފައިޓަރުންގެ ދައުރާ ބެހޭ ގޮތުން ވެސް ދަރިވަރުންނަށް ވަނީ މަޢުލޫމާތު ފޯރުކޮށްދީފައެވެ.