މިފަހަރުގެ އަޟްހާ ޢީދު ފާހަގަ ކުރާނީ އިސްލާމް ދީނުގެ ރިވެތި އާދަކާދަތަކުގެ ތެރެއިން ކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކާއާއި ބެހޭ ވުޒާރާގެ ވަޒީރު އާދަމް ނަސީރު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ މިފަހަރުގެ ޢީދު ކުޅިވަރުތައް ސަރުކާރުން ކުރިއަށްގެންދާ އެއް ރަށްކަމަށްވާ ދ.ކުޑަހުވަދޫއަށް ވަޑައިގެން ޕީއެސްއެމް ނިއުސްއާ ވާހަކަ ދައްކަވަމުންނެެވެ. މޯގެއިތުރުން އެމަނިކުފާނު ވިދާޅުވީ އީދު ފާހަގަކުރުމަށް 3 ރަށް ކަނޑައަޅާފައިވާއިރު އީދު ފާހަގަކުރުމަށް ކަނޑައެޅި 3 ރަށަކީ މުޅިރާއްޖެއަށް ހުޅުވާލި ފުރުސަތުގައި އެންމެ ރަނގަޅު ޕްރޮޕޯސަލް ހުށަހެޅި 3 ރަށްކަމަށެވެ. އަދި އެ ރަށްތަކުގައި ކުރިއަށްގެންދާ ހުރިހާ ޕްރޮގްރާމްތަކެއް ކުރިއަށްދާނީވެސް އިސްލާމީ ރިވެތި އާދަކާދަތަކުގެ ތެެރެއިންކަމަށެވެ.

މިފަހަރުގެ ޢީދު ރަސްމީ ގޮތެއްގައި ފާހަގަ ކުރަން ހަމަޖެހިފައިވާ ތިންް ރަށް ކަމުގައިވާ ގއ. ވިލިގިލި، ރ. އުނގޫފާރު އަދި ދ. ކުޑަހުވަދޫގައި ޢީދާށް ދަނީ ވަރަށް ފުރިހަމައަށް ތައްޔާރު ވަމުން ކަމަށެވެ. މިގޮތުން މިކަންކަމުގައި ރައްޔިތުންގެ ވަރަށް ބޮޑު އެއްބާރުލުމެއް ލިބިފައިވާ ކަމަށާއި އަދި މި ރަށްތަކުގައި ގިނަ ހަރަކާތްތަކެއް އިންތިޒާމު ކޮށްފައިވާ ކަމަށެވެ.