އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑުން އއ.ތޮއްޑޫގައި މޫދު ކަސްރަތު ޕްރޮގްރާމް ހިންގައިފިއެވެ.

ދެ ހަފުތާގެ މުއްދަތަކަށް އއ.ތޮއްޑޫގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމް އަކީ އެ ރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާ ގުޅިގެން ހިންގި ޕްރޮގްރާމެކެވެ. މި ޕްރޮގްރާޟުގައި 28 މެންބަރުން

ޕްރޮގްރާމް ނިންމުމުގެ ގޮތުން މިއަދު އއ.ތޮއްޑޫގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ޕްރޮގްރާމްގެ ބައިވެރިންނަށް ހަނދާނީ ލިޔުމާއި ވަނަތައް ހާސިލުކުރި ފަރާތްތަކަށް އިނާމް ހަވާލުކޮށްދެއްވީ އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑްގެ އޮޕަރޭޝަން އޮފިސަރ (އެސް 3)، މޭޖަރ އިބްރާހީމް ޝާހިދުއެވެ. މި ރަސްމިއްޔާތުގައި، އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑުން މި ޕްރޮގްރާމް ކުރިއަށް ގެންގޮސްދީފައިވާތީ އެކަމުގެ އަގުވަޒަންކޮށް އއ.ތޮއްޑޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ފަރާތުން ވަނީ ޕްރޮގްރާމް ހިންގުމުގައި ހަރަކާތްތެރިވި މުދައްރިބުންނަށް ހަނދާނީ ފިލައެއް ހަވާލުކޮށްދީފައެވެ. އެ ކޮމެޓީގެ ފަރާތުން އެ ފިލާ ހަވާލުކޮށްދެއްވީ އެ ކޮމެޓީގެ ރައީސާ، އަންޖޫނާ މުޙައްމަދުއެވެ. ބައިވެރިވެފައިވާ އިރު 23 މެންބަރުން ވަނީ މި ޕްރޮގްރާމް ފުރިހަމަ ކޮށްފައެވެ.