ސަރުކާރުތަކުގެ ބައެއް ސިޔާސަތަައް ފާޑުކިޔުމާއި ވަޢުދުތައް ހަނދާންކޮށްދޭ ފުޅަނދުތައް ދެކެނީ ބިނާކުރުވަނިވި ފާޑުކިޔުން އަދި މެސެޖުތަކެއްގެ ގޮތުގައި ކަމަށް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ކުޅުދުއްފުށީގެ މަށިމާލި ޕޭރޭޑަށް ތައުރީފު ކުރައްވަމުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ޝިޔާމް ވިދާޅުވީ ކުޅުދުއްފުށީ މަށިމާލި ޕެރޭޑަކީ ޢީދުގެ އުފާވެރި ޖައްވުން އަބަދުވެސް ގިނަބައެއްގެ ސަމާލުކަންހުއްޓޭ ހަރަކާތެއްކަމަށެވެ. އަދި ސަރުކާރުތަކުގެ ސިޔާސަތަައް ފާޑުކިޔުމާއި ވަޢުދުތައް ހަނދާންކޮށްދޭ ފުޅަނދުތައް ދެކެނީ ބިނާކުރަނިވި މެސެޖުތަކެއްގޮތުގައި ކަމަށެވެ.

އީދުގައި ކުޅުދުއްފުށީ ސިޓީގައި ކޮންމެ އަހަރަކުވެސް ބާއްވާ މަށި މާލި ޕެރޭޑަކީ ގިނަ ބައެއްގެ ސަމާލުކަން ލިބޭ ޕެރޭޑެކެވެ. މި ޕެރޭޑަކީ އެއިރެއްގައި ރާއްޖޭގެ ސިޔާސީ މަސްރަހުގައި އެންމެ ފާހަގަކުރެވޭ ކަންކަން ދައްކުވައިދީ، ވެރިކަމުގައި އޮންނަ ޕާޓީ ވެރިކަން ހޯދުމަށް ވެފައިވާ ވައުދުތައް ސަމަސާގޮތަކަށް ހަންދާންކޮދޭ ޕެރޭޑެކެވެ.

މިއަހަރުގެ ޕޭރޭޑުގައި ދައްކާލި މައިގަނޑުކަންކަމަކީ ސަރުކާރުން މަސްވެރިންނަށް ވީ ވައުދާއި، މިޔަރުގެ ހަމަލާގެ ވާހަކަތަކާއި، ކަރަންޓުބިލުގެ މައްސަލައެވެ.