ސޯމާލިޔާގެ ބަޔަކު ޑިންގީއެއްގައި މިއަދު ރާއްޖޭގެ ފަޅު ރަށަކަށް ލައްގައިފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ ޑިންގީގައި 3 މީހުން ތިބި ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި، ޑިންގީ ލައްގާފައި ވަނީ ނ. އަތޮޅު ވަވައްޗަށްކަމަށެވެ.