މާލޭ ސަރަހައްދުގެ ސްކޫލްތަކުގައި ކިޔަވަމުންދާ ދަރިވަރުގެ ތެރެއިން ގްރޭޑް 1 އިން 6 އާ ދެމެދު ކުދިންނަށް އޮންލައިކޮށް ކިޔަވައިދޭން ނިންމައިފިއެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވެފައިވަނީ މިގޮތަށް ހަމަޖެއްސެވީ މާލޭ ސަރަހައްދުގައި ކޮވިޑް-19 ގެ ނުރައްކާ އިންތިހާއަށް ބޮޑުވަމުން އަންނާތީ ބަލި ކޮންޓްރޯލް ކުރުމަށް އެޗުޕީއޭއިން އަޅާ ފިޔަވަޅެއްގެ ގޮތުގައި ކަމަށެވެ.

އެގޮތުން އޮންލައިންކޮށް ކިޔަވައިދޭނީ ދެ ހަފްތާއަށެވެ. އެއީ 14 ފެބުރުއަރީން ފެށިގެން 25 ފެބުރުއަރީއަށް ކަމަށް އެޑިޔުކޭޝަނުން ވިދާޅުވެފައިވެއެވެ.