ރާއްޖޭގެ މުޖުތަމައުއަށް އާއްމު ސިއްހަތާބެހޭގޮތުން ހޭލުންތެރި ކުރުމުގެ ޕްރޮގްރާމުތަށް ހިންގަން ޖެހޭ ކަމަށް ހުރާ ދާއިރާގެ މަޖިލިސް މެންބަރު ޑރ. އަނާރާ ނައީމް ވިދާޅުވެއްޖެއެވެ.

ޑރ. އަނާރާ މިއަދު 20 ވަނަ މަޖިލީހުގެ 5 ވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވުމުން ވިދާޅުވީ މުޖުތަމައުގައި ސިއްހަތަށް ގެއްލުން ލިބޭ އެތަށް ކަންތަށް ތަކެއް ރައްޔިތުންގެ ފަރާތުން ކުރަމުންދާ ތަން ފެންނަކަމަށެވެ. މިގޮތުން ދުންފަތުގެ އިސްތިއުމާލު ކުރުމާއި އަދި ދަނޑު ހެއްދުމުގައި ސިއްހަތަށް ގެއްލުން ހުރި މާއްދާތަށް ބޭނުން ކުރަމުން އަންނަ ކަމަށެވެ. އަދި މިކަންކަމަށް ރައްޔިތުން ހޭލުންތެރި ކުރުވުމަށްޓަކައި ގައުމީ ފެންވަރުގައި ޕްރޮގްރާމުތަށް ހިންގަން ޖެހޭ ކަމަށެވެ.

ޑރ. އަނާރާ ނައީމް މިފަދައިން ވިދާޅުވެފައިވަނީ މިއަދުގެ މަޖިލީހުގެ ސިއްހީ ހިދުމަތްތަކާއި ބެހޭ ބިލަށް ވާހަކަ ދައްކަން ދެއްވި ފުރުސަތުގައެވެ.