އުމުރުން 18 އަހަރާއި 55 އަހަރާއި ދެމެދުގެ މީހުންގެ ތެރެއިން ހައި ރިސްކު މީހުންނަށް މާދަމާ ވެކްސިން ދޭން ފަށަން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ނިންމައިފި އެވެ.

އެޗްޕީއޭއިން ބުނި ގޮތުގައި ހަތަރު ތަނަކުން މާދަމާ މާލެ ސަރަހައްދުގައި އުޅޭ 18-55 އަހަރުން މަތީގެ މީހުންގެ ތެރެއިން ހައި ރިސްކު މީހުންނަށް ވެކްސިން ދިނުން ކުރިއަށްގެންދާނެއެވެ. އެގޮތުން ސޯޝަލް ސެންޓަރާއި، އިސްލާމީ މަރުކަޒު އަދި ހުޅުމާލޭ ވެކްސިނޭޝަން ސެންޓަރުން މާދަމާ ހެނދުނު 9 އިން ފެށިގެން ހަވީރު 5 އާ ހަމަޔަށް ވެކްސިން ދިނުން ކުރިއަށްގެންދާނެއެވެ. އަދި ވިލިމާލެ ޔޫތް ސެންޓަރުން ހެނދުނު 9 އިން މެންދުރު 1 އާއި ހަމައަށް ވެކްސިން ދިނުން ކުރިއަށްގެންދާނެއެވެ.

އަދި މާދަމާ ވެސް 55 އަހަރުން މަތީގެ މީހުންނަށް ވެކްސިން ދިނުން ކުރިއަށްދާނެ ކަމަށްވެސް އެޗްޕީއޭ އިން ބުނެއެވެ.