"އެޑްވާންސްޑް އެކްސްޕްލޯސިވް އޯޑްނަންސް ޑިސްޕޯސަލް (އީއޯޑީ) ކޯސް" ގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

މިކަމަށް ޓަކައި ޖޫން 24 ވަނަ ދުވަހު، ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ހެޑްކުއޯޓަރޒް، ބަންޑާރަކޮށީގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘްއެވެ. މި ރަސްމިއްޔާތުގައި ސްރީލަންކާ އަރމީ ޗީފް އޮފް ފީލްޑް އިންޖިނިއަރ، މޭޖަރ ޖެނެރަލް ޕީޕީއޭ ޕެރޭރާއާއި އިންޖިނިއަރސްގެ ހެޑް އޮފް ޓްރެއިނިންގ، ލެފްޓިނެންޓް ކާނަލް ޗަމިކަ ޖާގޮޑަގެ އިތުރުން ކޯހުގެ އިންސްޓްރަކްޓަރުން ބައިވެރިވެލެއްވިއެވެ.

ސްރީލަންކާ އަރމީ ޗީފް އޮފް ފީލްޑް އިންޖިނިއަރ، މޭޖަރ ޖެނެރަލް ޕީޕީއޭ ވަނީ ކޯސް ފުރިހަމަ ކުރި ސިފައިންނަށް ސެޓްފިކެޓާއި، އެޑްވާންސްޑް އީއޯޑީ ކޯހުގެ ބެޖު ހަވާލުކޮށްދެއްވާފައެވެ. މި ކޯހުގައި ޖުމްލަ 27 ސިފައިން ބައިވެރިވިއިރު، އޭގެ ތެރޭގައި ހަތަރު އަންހެން ސިފައިން ވެސް ބައިވެރިވިއެވެ.

އެޑްވާންސް އީއޯޑީ ކޯހަކީ، އެމްކިޔުއޭ ލެވެލް 3ގެ ފެންވަރު ކޯހެކެވެ. މި ކޯހުގައި ކޮންވެންޝަނަލް އެމިޔުނިޝަން ޑިސްޕޯސަލްއާއި، އެކްސްޕްލޯސިވް އޯޑްނަންސް ޑިސްޕޯސަލްއާއި، އެކިކަހަލަ ނުރައްކާތެރި ހަޒާޑަސް އެއްްޗެހި ރަައްކާތެރިގޮތުގައި ނައްތާލުމާއި، އެކިކަަހަލަ ނުރައްކާތެރި ތަކެތި ދެނެގަނެ ރައްކާތެރި ތަނެއްގެ ގޮތުގައި ދެމެހެއްޓުމުގެ ޢިލްމާއި ހިލްމު އެޑްވާންސް ފެންވަރަށް އުނގަންނައި ދީފައިވެއެވެ. މި ކޯސް ނިންމުމުގެ ރަސްމިއްޔާތުގައި، އެމްއެންޑީއެފްގެ ބައެއް ޖެނެރަލް އޮފިސަރުންނާއި ސާޖަންޓް މޭޖަރ އޮފް އެމްއެންޑިީއެފް އަދުނާނު ޢަލީގެ އިތުރުން ކޯހުގެ މުދައްރިބުންނާއި ދަރިވަރުން ބައިވެރިވެލެއްވިއެވެ.