ނޭޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ) ގެ ބޯޑުގެ ޗެއާޕާސަންގެ މަގާމަށް ހޯމްގެ ސްޓޭޓް މިނިސްޓަރ ލުބުނާ މުހައްމަދު ޒާހިރު ހުސެއިން އައްޔަންކޮށްފިއެވެ.
އެ މިނިސްޓްރީން ހާމަކުރައްވާފައިވާ ގޮތުގައި މި މަހުގެ ތޭރަ ވަނަ ދުވަހުގައި އެންޑީއޭގެ ބޯޑު ވަނީ އަލުން އެކުލަވާލާފައިއެވެ. އެގޮތުން އެ ބޯޑަށް ލުބުނާ އައްޔަންކޮށްފައި ވަނީ ހޯމް މިނިސްޓްރީ ތަމްސީލުކުރައްވާ ފަރާތެއްގެ ހަސިއްޔަތުން ކަމަށްވެެސް އެ މިނިސްޓްރީން ވިދާޅުވެފައިވެއެވެ.
މި ބޯޑުގެ ހިމެނޭ ޖުމްލަ ދިހަ މެމްބަރުން ވެސް އައްޔަންކޮށްފައިވަނީ އެ ބޭފުޅަކު ނިސްބަތްވާ ދާއިރާ ތަމްސީލުކުރާ މެމްބަރެއްގެ ގޮތުގައެވެ.
އެންޑީއޭ ބޯޑުގައި ހިމެނޭ 10 މެމްބަރުން:
- ޑިފެންސް މިނިސްޓްރީ- ލެފްޓިނަންޓް ކާނަލް އާމިނަތު ޝުމްރާ
- ރައީސް އޮފީސް- ރައީސް އޮފީހުގެ ޑެޕިއުޓީ އަންޑަ ސެކިއުރިޓީ ފޯ ޕަބްލިކް ޕޮލިސީ ޝިބާނާ އަބްދުﷲ ދީދީ
- ފުލުހުން- ޗީފް ސްޕްރިންޑެންޓް އަހްމަދު ޝާކިރު
- ޔޫތު މިނިސްޓްރީ- އެ މިނިސްޓްރީގެ ނައިބު އިސްމާއިލް ރަޝީދު
- އިމިގްރޭޝަން- ޗީފް ސްޕްރިންޑެންޓް އޮފިސަރު ސީނީޒް އަލީ
- އެޑިއުކޭޝަން މިނިސްޓްރީ- އެ މިނިސްޓްރީގެ ޑިރެކްޓާ ޖެނަރަލް ފާތިމަތު އައްޒާ
- ހެލްތު މިނިސްޓްރީ- އެ މިނިސްޓްރީގެ ނައިބު އިސްމާއިލް ޒާހިރު
- ޑިފެންސް މިނިސްޓްރީ- ލެފްޓިނަންޓް ކާނަލް އާމިނަތު ޝުމްރާ
- ފުލުހުން- ޗީފް ސްޕްރިންޑެންޓް އަހްމަދު ޝާކިރު
- ކަސްޓަމްސް- ޑެޕިއުޓީ ޗީފް ސްޕްރިންޑެންޓް އަހްމަދު ސިމާހް
- އަދި މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތް ކުރާ އަމިއްލަ ޖަމާއަތެއް ތަމްސީލުކުރާ ބޭފުޅެއްގެ ހައިސިއްޔަތުން- އަހްމަދު އަބްދުއްސައްތާރު (ޖާނީ ޖަމިއްޔާ)
މީގެކުރިން ހެލްތު މިނިސްޓްރީގެ ދަށުގައި އޮތް އެންޑީީއޭ މިހާރު މި ވަނީ ހޯމް މިނިސްޓްރީގެ ދަށަށް މި ސަރުކާރުން ބަދަލުކުރައްވާފައެވެ.