އިސްލާމް ދީނަކީ މެދުމިނުގެ ދީނެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ވުިދާޅުވެއްޖެއެވެ.

މިއަދުގެ ޙުތުބާގެ މައުޟޫއަކީ "އިސްލާމް ދީނަކީ މެދުމިނުގެ ދީނެކެވެ" އެވެ.

މި ޙުތުބާގައި އިތުރަށް ވިދާޅުވީ އިސްލާމް ދީނުގައި ހޭދަކުރުުމުގައި އަދި އަޅުކަމުގައި ވެސް މެދުމިނުގެ ދީނެއްކަމަށެވެ. މިގޮތުން މާﷲގެ ވަހީ ބަސްފުޅެއްގެ މާނައިގައި ވެއެވެ. "އަދި އެއުރެންނީ ހޭދަކޮށްފި ނަމަ، އިސްރާފު ނުކުރާ، އަދި މުށްބާރުވެސް ނުކުރާ، އަދި އެދެމެދުގައި މެދުމިންވެ ތިބޭ ބައެކެވެ" މިއީ ﷲ ދެއްވި ތަކެތީގައި ހޭދުކުރުން އޮތް ގޮތެވެ. އަޅުކަމުގައި ވެސް އޮތީ މިގޮތެވެ.

މީގެއިތުރުން ހުތުބާގައި ވިދާޅުވީ އިސްލާމް ދީނުގައި ދަތި އުދަނގޫ އެއްވެސް ކަމެއް ނޯންނާނެ ކަމަށެވެ. މިގޮތުން މާތްﷲ ބާވައްލެއްވި ބަސްފުޅެއްގެ މާނައިގައި ވެއެވެ. " ﷲ ތިޔަބައިމީހުންނަށް ލުއިފަސޭހަގޮތް އިރާދަ ކުރައްވަތެވެ. އަދި އުނދަގޫ ގޮތް އިރާދަ ނުކުރައްވަތެވެ." މީގެއިތުރުން ވެސް ކީރިތި ރަސޫލާ ސައްލަ ﷲ އަލައިހި ވަސައްލަމް ހަދީޘް ކުރައްވާފައި ވެއެވެ. " ތިޔަބައިމީހުން މީސްތަކުންނަށް ފަސޭހަ ކުރާށެވެ. އަދި އުނދަނގޫ ނުކުރާށެވެ. އުފާވެރިކަމުގެ ހަބަރުދޭށެވެ. އަދި ނަފްރަތު ނުކުރާށެވެ.

މީގެއިތުރުން ހުތުބާގައި ވިދާޅުވީ އިސްލާޟުދީނުގައި ހައްދުފަހަނައަޅައި ނުދިއުމަށެވެ. މިގޮތުން ކީރިތި ރަސޫލާ ސައްލަ ﷲ އަލައިހި ވަސައްލަމް ހަދީޘް ބަސްފުޅެއްގެ މާނައިގައިވެއެވެ. "ތިޔަބައިމީހުން ދީނުގައި ހައްދުފަނައަޅައި ނުދާށެވެ. ހަމަކަށަވަރުން ތިޔަބައިމީހުންގެ ކުރީން އުޅުނު މީހުން ހަލާކުވެގެން ދިޔައީ ދީނުގައި ހައްދު ފަހަނައަޅައި ދިޔުމުގެ ސަބަބުންނެވެ." މީގެއިތުރުން ހުތުބާގައި ވިދާޅުވީ އިސްލާމް ދީނުގައި އޮންނަ ގޮތަށް ހުކުމްތަށް ބަޔާން ކޮށްދިނުމާއި، ނަމާދު ކުރުމާއި، ސުންނަތަށް ގިވާލުމާއި، ރިބާ ނުކެއުމަކީ އިސްލާމް ދީނުގައި ހައްދު ފަހަނައަޅައި ދިއުން ނޫން ކަމަށެވެ.