ފާއިތުވި 24 ގަޑިއިރު ތެރޭގައި އައްޑޫ ސިޓީ އިން 5 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ. މި ފަސް މީހުންނަކީ ވެސް "އޭވިއޭޝަން ކްލަސްޓަރ" އާ ގުޅުންހުރި ފަސް މީހުންނެެވެ. މި އަދަދާއެކު އެ ކްލާސްޓަރ އިން ޕޮޒިޓިވްވި މީހުންގެ ޖުމްލަ ވަނީ 33 އަށް އަރައިފައެވެ.

މި ކްލާސްޓަރ އިން މިހާތަނަށް ހިތަދޫ އިން ވަނީ 20 މީހުން ޕޮޒިޓިވް ވެފައެވެ. ފޭދޫއިން ވަނީ 9 މީހުން ޕޮޒިޓިވް ވެފައެވެ. މަރަދޫފޭދޫން އިން 4 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. މަރަދޫ އިން މީހަކު އަދި ޕޮޒިޓިވް ވެފައެއް ނުވެއެވެ.

އައްޑޫގައި ދެން އޮތް ކްލާސްޓަރ އަކީ ހުޅުދޫ/މީދޫގައި އޮތް "އެމްޓީސީސީ ކްލާސްޓަރ "އެވެ. އެ ކްލާސްޓަރ އިން ޕޮޒިޓިވް ވެފައިވާ ޖުމްލައަކީ 25 އެވެ.

އައްޑޫ ސީޓީ އިން ކޮވިޑަށް ޕޮޒިޓިވް ވެފައިވާ މީހުންގެ ޖުމްލަ މިހާރުވަނީ 58 އަށް އަރައިފައެވެ. އޭގެ ތެރެއިން 4 މީހަކަށް ދަނީ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުންނެވެ. އެއީ 3 ދިވެހީންނާއި ބިދޭސީއެކެވެ.

އެވިއޭޝަން ކްލަސްޓަރގެ ކޮންޓެކްޓްސްގެ ގޮތުގައި 341 މީހުން ފާހަގަ ކުރެވިފައިވެއެވެ. 182 ތަނެއް ވަނީ ކަރަންޓީން ކޮށްފައެވެ.