އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން އިސްރަށްވެހީންނަށް އަމާޒުކޮށްގެން ފަޔަރ ސޭފްޓީ ސެޝަނެއް ހިންގައިފިއެވެ.

އެމްއެންޑީއެފުން ބުނީ ފަޔަރ އެންޑް ރެސްކިޔު ޓްރެއިނިންގ ސްކޫލުގައި އިއްޔެ ކުރިއަށްގެންދިޔަ މި ސެޝަންގައި، އަލިފާން ރޯވާން މެދުވެރިވާ ސަބަބުތަކާއި، އަލިފާން ފެތުރޭ ގޮތްތަކާއި، އަލިފާން ނިއްވާނެ ގޮތުގެ އަސާސީ މައުލޫމާތާއި، އަލިފާންނިވިއާއި ފަޔަރ ބްލޭންކެޓް ބޭނުން ކުރާނެގޮތުގެ މުހިންމު މައުލޫމާތުތައް ކިޔައިދީފައިވާނެ ކަމަށެވެ.

އަދި މި ސެޝަންގައި އަމަލީ ގޮތުން އަލިފާން ނިއްވާނެ ގޮތް ދައްކައިދީ، އަލިފާން ނިއްވުމުގެ ހުނަރުތައް ވަނީ އުނގަންނައި ދެވިފައެވެ.

32 އިސްރަށްވެހީން ބައިވެރިވި މި ސެޝަން ނަގައިދިނީ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރ ފައިޓަރުންނެވެ.