އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑާއި، ލ. ހިތަދޫ ކައުންސިލުން ގުޅިގެން އެ ރަށުގެ ކަނބަލުންނަށް މޫދު ކަސްރަތު ޕްރޮގްރާމެއް ފަށައިފިއެވެ.

އެމްއެންޑީއެފުން ބުނީ އިިއްޔެއިން ފެށިގެން 15 ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމްގައި އެ ރަށުގެ 48 ކަނބަލުން ބައިވެރިވެފައިވާ ކަމަށެވެ.

އަދި މި ޕްރޮގްރާމަކީ، ރައްޔިތުންނަށް ބޭނުންވާ ދުޅަހެޔޮކަމާއި، ދުޅަހެޔޮ ސިއްހަތާއި، ރައްޔިތުން ބާރުވެރިކުރުމާއި އިޖުތިމާއީ ފޭރާން ވަރުގަދަކުރުމުގެ އިތުރުން އެއްބަޔަކު އަނެއް ބަޔަކަށް އިހުތިރާމްކުރާ، އެކުވެރިކަމާއެކު ގުޅިގެން މަސައްކަތްކުރާ އެއްބައެއްވަންތަ މުޖުތަމައުއެއް ބިނާކުރުމުގެ މަގުސަދުގައި އެ ރަށު ކައުންސިލްއާ ގުޅިގެން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑުން ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ.

މި ޕްރޮގްރާމްގައި މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވަނީ އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑްގެ ސްވިމިންގ އިންސްޓްރަކްޓަރުންނެވެ.