33 ވަނަ ގައުމީ ކެރަމް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ދިވެހިރާއްޖޭގެ ކެރަމް އެސޯސިއޭޝަނުން ހާމަކުރި ގޮތުގައި 33 ވަނަ ގައުމީ ކެރަމް މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ނަން ރަޖިސްޓާ ކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލެވިފައެވެ. މުބާރާތަށް ނަން ރަޖިސްޓްރީ ކުރުމުގެ ސުންގަޑި އަކީ 10 ޖުލައި ވާ ބުދަ ދުވަހުގެ ރޭ 22:00 އެވެ.

މުބާރާތުގެ މެޗުތައް ޔަގީން ކުރަން ބާއްވާ ގުރުއަތުލުން އޮންނާނީ 12 ޖުލައި ވާ ހުކުރު ދުވަހުގެ ރޭ 21:00 ގައެވެ. މި ގުރައަތު ލުން ބޭއްވުމަށް ހަމަޖެހިފައިވަނީ ހުޅުމާލެ ކެރަމް އެރީނާގައެވެ.

ކެރަމް އެސޯސިއޭޝަނުން އިންތިޒާމު ކޮށްގެން ކުރިއަށް ގެންދާ މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ޖުލައި މަހު 15 ގައެވެ.