ރޯޑް ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އާރުޑީސީ) އިން ކުރިއަށް ގެންދާ ބިނާވެހި ޕްރޮގްރާމުގެ ދެވަނަ ބުރު މިއަދު ފަށައިފި ކަމަށް އެ ކޯޕަރޭޝަނުން ބުނެފިއެވެ.

އާރުޑީސީން ބުނީ އެ ކޯޕަރޭޝާންގެ ކޯއޮޕަރޭޓިވް އެޑިއުކޭޝަން ބިނާވެހި މި ޕްރޮގްރާމް ހާއްސަކޮށްފައިވަނީ ސާނަވީ އިމުތިހާނަށްފަހު މަތީ ސާވަނީ ތައުލީމު ފެށުމާއި ދޭތެރޭ ނުވަތަ މަތީ ސާނަވީ އިމްތިހާނަށްފަހު ކޮލެޖުތަކުގައި ކިޔަވަމުންދާ ދަރިވަރުންނަށް ނުވަތަ ތައުލީމު ދޭ މަރުކަޒުތަކަށް ހާޒިރުނުވާ މީހުންނަށް ކަމަށެވެ.

މީގެއިތުރުން އެ ކޯޕަރޭޝަނުން ބުނީ މި ޕްރޮގްރާމުގެ މަގުސަދަކީ މަސައްކަތުގެ މާހައުލަށް ހާނުވައި، މަސައްކަތުގެ މާހައުލަށް ނުކުންނަންވާއިރަށް ދާއިރާގައި ތަޖުރިބާ ހުރި ފަރާތްތަކާއެކު މަސައްކަތް ކުރުމުގެ ފުރުސަތު ހޯދައިދިނުން ކަމަށެވެ.

މި ޕްރޮގްރާމްގެ ދެވަނަ ބުރުގައި ޖުމުލަ 6 ބައިވެރިންނާއެކު ހަ މަސް ދުވަހަށް ކުރިއަށްގެންދާ ޕްރޮގްރާމުގައި ކޮންމެ ބައިވެރިއަކަށް 5000 ރުފިޔާގެ އެލަވަންސް އެއް ދޭނެ ކަމަށްވެސް އާރްޑީސީން ބުންޏެވެ.