މަޖިލީސް މެންބަރުންގެ ތައުލީމީ ފެންވަރު ހުރުން މުހިއްމު ކަމަށް ހުރާ ދާއިރާގެ މަޖިލިސް މެންބަރު ޑރ. އަނާރާ ނައީމް ވިދާޅުވެއްޖެއެވެ.
ޑރ. އަނާރާ ނައީމް މިފަދައިން ވިދާޅުވީ މިއަދު ބޭއްވި ވިހި ވަނަ މަޖިލީހުގެ އެގާރަވަނަ ޖަަލްސާގައި ވާހަކަ ދައްކަވަމުންނެވެ. އަނާރާ ވިދާޅުވީ ދިވެހިންނަކީ ވަރަށް ތައުލީމީ ބައެއް ކަމަށެވެ. އަދި ރައްޔިތުން މަޖިލީހުން މެންބަރުން ހޮއްވަވާއިރު ރައްޔިތުން ވެސް ވަރަށް ބޮޑަށް ވިސްނަން ޖެހޭ ކަމަށެވެ. އަދި މަޖިލީހަށް ކުރިމަތި ލާންވާނީ ރައްޔިތުންގެ ހައްގުގައި ބަހުސް ކުރުމުގެ ގާބިލިއްޔަތުން ހުރި ބޭފުޅުން ކަމަށެވެ.
އަނާރާ ނައީމް ވިދާޅުވީ އެންމެ ކުޑަމިނުން މަޖިލީހަށް ކުރިމަތިލާ ބޭފުޅުންގެ އަސާސީ ތައުލީމު ހުންނަން ޖެހޭ ފަދަ ނިޒާމެއް ކަނޑައަޅަން ޖެހޭ ކަމަށެވެ. އަދި މުސްތަގުބަލުގައި ތައުލީމީ ކުދިން މިފަދަ މަގާމުތަށް އައުމުގެ ފުރުސަތު ދޭންޖެހޭ ކަމަށެވެ.