ހދ. ކުޅުދުށްފުށީ ބޮއި ކައިރިން މަސް ވެރިކަން ކުރަމުން ދިޔަ "ނިއުމަތް" ދޯނީގެ ފަޅުވެރިއެއްގެ ލޮލަށް ބުޅިއެއް ހެރިއްޖެއެވެ.

އެމްއެންޑީ އެފް އިން ވިދާޅުވީ ބުޅި ހެރިފައިވަނީ އުމުރުން 35 އަހަރުގެ ދިވެއްސެއްގެ ލޮލަށް ކަމަށެވެ. އެމީހާގެ ލޮލަށް ބުޅި ހެރުމުން އޭނާއަށް ފަރުވާ ދިނުމަށްޓަކައި މިހާރުވަނީ ކުޅުދުށްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފައި ކަމަށް އެމްއެންޑީއެފްގެ ތަރުޖަމާނު މޭޖަރ އިބްރާހީމް ޢާޒިމް ވިދާޅުވިއެވެ. އޭނާ އެރަށަށް ގެންގޮސްފައިވަނީ އެމްއެންޑީއެފްގެ އެހީތެރި ކަމާއެކު ސީއެމްބިޔުލާންސް ގައެވެ.

ނިއުމަތް ދޯނި: ފޮޓޯ އެމްއެންޑީއެފް

މަސްވެރި ކަންކުރަމުންދާއިރު މިފަދަ ހާދިސާތައް ހިނގުން މިވަނީ އާންމު ވެފައެވެ. އެހެން ކަމުން ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން މޫނު ނިވާ ވާގޮތަށް ހުންނަ ހެލްމެޓު އެޅުން މަޖުބޫރު ކަމަކަށް ހަދަން ވަނީ ޖެހިފައެވެ.