ފުލުހުން ތަހުގީގު ކުރަމުންދާ، މަކަރާއި ހީލަތުގެ މައްސަލައެއްގެ ތަހުގީގަށް މީހަކު ހޯދަން ފުލުހުން އިއުލާން ކޮށްފިއެވެ.
ފުލުހުން ބުނީ މި މައްސަލައިގައި ފުލުހުން ތަހުގީގަށް ހާޒިރުކުރުމަށް ހޯދަނީ ކ. މާލެ/ މއ. ނިކަގަސްދޮށުގެ މުޙައްމަދު ޝަރޫޖު އާދަމް، (38އ) ކަމަށެވެ.
މީގެއިތުރުން ފުލުހުން ބުނީ، މުޙައްމަދު ޝަރޫޖު އާދަމް ހޯދަމުން ދަނީ ގއ. މާމެންދޫ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ، މަކަރާއި ހީލަތުގެ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ކަމަށެވެ.
އަދި އޭނާ ހާޒިރުވާން ޖެހޭނީ އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގ ނުވަތަ އެންމެ ކައިރީގައިވާ ޕޮލިސް ސްޓޭޝަނަކަށް، 2024 ޖުލައި 16 ވަނަ ދުވަހުގެ 10:00 އަށް ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.